ޚަބަރު

އީއައިބީ ކޯވިޑް ރިލީފް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ބީއެމްއެލްއިން ހުޅުވާލައިފި


ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް، އީއައިބީގެ ފަންޑުން ސަރުކާރުގެ އެހީތެރިކަމާއެކު ކޯވިޑް ރިލީފް ސަޕޯރޓްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ބީއެމްއެލްއިން ތައާރަފްކޮށްފައިވާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އީއައިބީ ކޮވިޑް ރިލީފް ލޯންގެ ނަން ދީފައިވާ މި ލޯނުގެ ދަށުން 15.42 މިލިއަން ރުފިޔާއާ ހަމަޔަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ހަ ޕަސަންޓުގެ އިންޓަރެސްޓް ރޭޓެއްގައެވެ. އަދި ލޯނު އަނބުރާދެއްކުމަށް 4 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތެއްވެސް ލިބިގެންދާނެކަމަށް ބޭންކް އޮފް މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ.

ބީއެމްއެލްއިން މަޢުލޫމާތުދޭގޮތުގައި ލޯނަށް އެދި ހުށަހަޅަން ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ.

އީއައިބީ ކޯވިޑް ރިލީފް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ބީއެމްއެލްއިން ހުޅުވާލާފައިވާއިރު، ބީއެމްއެލްއިން މިހާރުވެސް ދަނީ ކޯވިޑްގެ ސަބަބުން އަސަރުކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށް އިކޮނޮމިކް ރިލީފް ޕެކޭޖްތަކެއް ތަޢާރަފްކޮށްފައެވެ. މީގެ އިތުރުން ކޯވިޑް ރިލީފް ސަޕޯރޓްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސްއިން އިތުރު ފައިނޭންސިންގެ މިދިޔަ މަހުވެސް ވަނީ ތަޢާރަފްކޮށްފައެވެ.