ޚަބަރު

އައިލެންޑް އޭވިއޭޝަންގެ ހެޑްއޮފީސް ފަޅާލައިފި


އައިލެންޑް އޭވިއޭޝަންގެ ހެޑްއޮފީސް ފަޅާލައި، ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ. ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، އައިލެންޑް އޭވިއޭޝަންގެ އޮފީހުން ވައްކަންކޮށްފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ފަތިހު 05:10 އެހާއިރުކަމަށެވެ. ފުލުހުން ބުނީ އައިލެންޑް އޭވިއޭޝަންގެ އޮފީހުން ވައްކަންކޮށްފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު އެތަނުގައި ސެކިއުރިޓީ ބަލަހައްޓަންހުރި މީހާގެ އަތުގައި ކްލިޕްއަޅުވާ އޭނާ ބަނުމަށްފަހު ކަމަށެވެ. އަދި އެ އޮފީހުގެ 3 ތިޖޫރިއަކުން ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.