ޚަބަރު

ސަމާލުވޭ! ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައަރާފާނެ


  • ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާއި ދެމެދު

  • ވިލާގަނޑުގައި 30 މޭލަށް ވައިގަދަވާނެ

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ސަރަހައްދުތަކަށް އުދައަރާނެކަމަށް ލަފާކުރެވޭތީ، ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށްއޮތް 12 ގަޑިއިރަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށްވެސް އެއިދާރާއިން ލަފާކުރައްވައެވެ. މިގަޑިތަކުގައި ވައި ހުންނާނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުންނެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ވަނީ ލަފާކުރައްވާފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާ ގޮތުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ، މިގަޑިތަކުގައި ރާޅުތަކުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓު ދެމެދުގައިކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް ވަނީ މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާފައެވެ.

އުދަ އަރާ ގަޑިތަކުގައި މުދަލަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރައްވައެވެ.