ޚަބަރު

ފުވައްމުލަކުން 12 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް


މިމަހުގެ ސޯޅަވަނަ ދުވަހު
ފުވައްމުލަކުގައި ހިންގި މާރާމާރީއަކާއި ގުޅިގެން މިހާތަނަށް 12 މީހަކު
ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން  މިޙާދިސާ ހިނގި ދުވަހުގެ ރޭ
5 މީހަކު ހައްޔަރުކޮށްފައިވާއިރު، އިތުރު 3 މީހަކު ޖެހިގެންއައި ދުވަހު ފުލުހުން
ހައްޔަރުކޮށްފައިވެއެވެ. އޭގެ އިތުރުން، އިތުރު 4 މީހަކު އިއްޔެ
ހައްޔަރުކޮށްފައިވާ ކަމަށާއި، މި އެންމެންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު
އަމުރެއްގެ ދަށުންކަމަށް ފުލުހުން ބުނެއެވެ.މި މައްސަލާގައި
ހައްޔަރުކުރި މީހުންގެ ތެރޭގައި 18 އަހަރުގެ ފިރިހެނަކާއި، 19 އަހަރުގެ 3
ފިރިހެނަކާއި، 20 އަހަރުގެ ފިރިހެނަކާއި، 21 އަހަރުގެ 4، ފިރިހެނަކާއި 22 އަހަރުގެ
3 ފިރިހެނަކު ހިމެނޭ ކަމަށާއި، މި އެންމެންނަކީވެސް ދިވެހިންކަމަށް ފުލުހުން
މައުލޫމާތުދެއެވެ.  މި އެންމެންވެސް
ހައްޔަރުކޮށްފައިވަނީ، މިމަހުގެ 16 ވަނަ ދުވަހުގެ ރޭ 23:10 ހާއިރު، ފުވައްމުލަކު،
ހޯދަނޑު އަވަށުގައި ދެ ބައެއްގެ ދެމެދުގައި ހިނގި މާރާމާރީއަކާއި ގުޅިގެންނެވެ.މި
މާރާމާރީގައި 5 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު، އެމީހުންގެ ތެރެއިން
3 މީހަކު އިތުރުފަރުވާއަށް އައްޑޫ ސިޓީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވަނީ
ބަދަލުކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން
ހައްޔަރުކުރި މީހުންގެ ތެރެއިން 22 އަހަރުގެ އެކަކު ފިޔަވައި، އެހެން އެންމެންގެ
ބަންދަށް 15 ދުވަސް ޖަހައިދީފައިވާކަމަށް ފުލުހުން ހާމަކުރެއެވެ. އުމުރުން 22 އަހަރުގެ
އެކެއްގެ ބަންދަށް ދީފައިވަނީ 7 ދުވަސް ޖަހާދީފައެވެ. މި މައްސަލަ
ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު އިތުރަށް ތަހުޤީގުކުރަމުންނެވެ.