ކުޅިވަރު

ކޮލިފައިންގަ އެންމެ މުހިންމު ކަމަކީ ޕޮއިންޓު ހޯދުން: ކާލޯސް ކުއެރޯޒް


ވަރލްޑް ކަޕް ކޮލިފައިންގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ވެނެޒުވޭލާ ދެކޮޅަށް ނުކުންނައިރު ކޮލިފައިންގައި އެންމެ މުހިންމުކަމަކީ ޕޮއިންޓު ހޯދުންކަމަށާއި އެހެންނޫންނަމަ އުނދަގޫ ހާލަތަކަށް ޓީމު ގޮސްދާނެކަމަށް ކޮލަންބިއާގެ ކޯޗު ކާލޯސް ކުއެރޯޒް ބުނެފިއެވެ.

މެޗަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ކުއެރޯޒް ބުނީ ޓީމު ބޭނުންކުރެވޭނެ ގިނަ ގޮތްތައް އޮތުމަކީ މިވަގުތު އޭނާ އަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ. ޓީމުގައި މޮޅުވުމުގެ ރޫހު ވަރަށް ބޮޑަށް އެބައޮތް ކަމަށާއި ކުޅުންތެރިން ތިބީ ވަރަށް ރަނގަޅު ރޫހެއްގައި ކަމަށް ކޮލަންބިއާގެ ކޯޗު ބުންޏެވެ.

މެޗާ ކުރިމަތިލާއިރު ނަޕޯލީގެ ދެ ކުޅުންތެރިޔަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ޓީމުގެ ގޯލްކީޕަރު މިވަގުތު ހުރީ އިޓަލީގައި އައިސޮލޭޝަންގައެވެ. މިޑްފީލްޑަރު ޔައިރޯ މޮރޭނޯ އާއި މެތުއަސް އުރިބޭ އަދި ލުއިސް ޑައިޒް ވެސް ފުރަތަމަ ދެ މެޗުގައި ސެލްފް އައިސޮލޭޝަންގެ ސަބަބުން ބައިވެރިއެއް ނުވާނެއެވެ.

ކޮލިފައިންގެ ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ވެނެޒުއޭލާ ވާދަކުރުމަށްފަހު ރަށުން ބޭރުގައި ނުކުންނާނީ ޗިލީއާ ދެކޮޅަށެވެ.