ކުޅިވަރު

މިނަތީޖާ މެދު އަހަރެން ހަމްދަރުދީވަން: މޮރީނިއޯ


އިނގިރޭސި ޕްރިމިއަރ ލީގުގައި އޭނާގެ ކުރީގެ ކުލަބު މެންޗެސްޓަރ ޔުނައިޓެޑް އެހާ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކުރުވެމުން ހަމްދަރުދީވާކަމަށް ޓޮޓްނަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ލީގުގައި ޔުނައިޓެޑާ ވާދަކޮށް 6-1 އިން މޮޅުވި މެޗަށްފަހު ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ މިފަދަ ނަތީޖާއަކަށް އޭނާ އުންމީދު ނުކުރާކަމަށާއި އެހެން ނަމަވެސް ޔުނައިޓެޑު އަތުން މޮޅެއް ހޯދުމަށް އުއްމީދު ކުރިކަމަށެވެ. މެޗުގެ މާކުރިން ވެސް ކުޅުންތެރިންނަށް އޭނާ ވިސްނައިދިނީ ވަރަށް ރަނގަޅު ނަތީޖާއެއް ޔުނެއިޓެޑުގެ ދަނޑުގައި ހޯދަން ކަމަށް މޮރީނިއޯ ބުންޏެވެ. އޭނާގެ އަބަދުވެސް އަމާޒަކީ މޮޅުވުން ކަމަށާއި ކޮންމެ މެޗަކަށް ވެސް ނުކުންނާނީ މޮޅުވާން ކަމަށް ޗެލްސީއަށް ލީގުގެ ތަށި ތިން ފަހަރު ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.

މޮރީނިޔޯ ބުނީ މިނަތީޖާ އަކީ މޮޅަށް ކުޅެގެން ހޯދުނު ވަރަށް ރަނގަޅު ނަތީޖާއެއް ކަމަށާއި ކޮންމެ ނަތިޖާއެއް ނުކުތް ނަމަވެސް ޔުނައިޓެޑަށް އިހުތިރާމް ކުރާކަމަށެވެ. މިހާތަނަށް ލީގުގައި ހޯދި ހަތް ޕޮއިންޓަކީ ހިތްހަމަޖެހޭ ވަރުގެ އަދަދެއް ކަމަށް ކުރިން އިންޓަ މިލާނާއި ރެއާލް މެޑްރިޑަށް ވެސް ކޯޗުކޮށްދިން މޮރީނިއޯ ބުންޏެވެ.