ޚަބަރު

އައްޑޫ ޕޮލިސް އެކަޑަމީއާ ގުޅުން ހުރި ކޯވިޑް އިތުރު ކޭސް އެއް


އައްޑޫ ޕޮލިސް އެކަޑަމީގައި މަސައްކަތް ކުރުމަށް ގެނައި މީހުންގެ ތެރެއިން ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވި މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެެވެ.

މިކަން އެޗްއީއޯސީ އިން ވަނީ މީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ. މިމީހާ ޕޮޒިޓިވް ވުމާއި އެކު އައްޑޫގައި މިވަގުތު ޕޮޒިޓިވްވި މީހުންގެ އަދަދު 54 އަށް ވަނީ އަރާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވި މީހާއަކީ، އައްޑޫ ޕޮލިސް އެކަޑަމީގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. އޭނާ ޕޮޒިޓިވްވި ކަން އެނގުމާއި އެކު އޭނާ ވަނީ ގަމު ދޫގަސްގައި ހުންނަ ކަރަންޓީނު ފެސިލިޓީ އަށް ބަދަލު ކޮށްފައެވެ.

އޭނާ ޕޮޒިޓިވް ވުމާއި ގުޅިގެން އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިބި ދެމީހަކު ޓެސްޓު ކޮށް އެމީހުން ވަނީ ނެގެޓިވް ވެފައިކަމަށް މައުލޫމާތު ލިބެއެވެ.

މިމީހާ ޕޮޒިޓިވް ވުމާއިއެކު އައްޑޫއިން ޕޮޒިޓިވްވި މީހުންގެ އަދަދު ޖުމްލަ 68 އަށް އަރައެވެ. އެއީ މާލެ ސަރަހައްދުން ހޯމް ކަރަންޓީނަށް އައި 14 މީހުންނާއި، އިންޑިއާގެ ކޮޗިން އިން އައްޑޫ އަށް އައި 53 މީހުންނާއި، އައްޑޫ ޕޮލިސް އެކަޑަމީގައި މަސައްކަތް ކުރަމުންދިޔަ އެކަކާ އެވެ.