ޚަބަރު

ކޯވިޑް-19 : އައްޑޫ ސިޓީން ޕޮޒިޓިވްވި އެންމެން ރަނގަޅުވެއްޖެ


މިހާތަނަށް އައްޑޫ ސިޓީން ކޯވިޑް-19އަށް ޕޮޒިޓިވްވި އެންމެން އެބަލިން ރަނގަޅުވެއްޖެއެވެ.

އައްޑޫ ސިޓީން މިބައްޔަށް ހޯމަ ދުވަހު 6 ޖެހުމާއި ހަމަޔަށް 12 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. މިއީ މުޅިންވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ. މިއެންމެން މިހާރު ބަލިން ރަނގަޅުވެފައިވާކަން އައްޑޫ އިކުއިޓޯރިއަލް ހޮޕިޓަލް (އޭއީއެޗް)އިން ވަނީ ކަށަވަރު ކޮށްދީފައެވެ.

އައްޑުއިން އެންމެ ފުރަތަމަ ހޯމް ކަރަންޓީނުގައި ހުރެގެން ކޭސްއެއް ފެނިފައިވަނީ މިދިޔަ މަހު ކުރީކޮޅުގައެވެ. އޭގެފަހުން މިހާތަނަށް 12 މީހުން ޕޮޒިޓިވް ވެފައިވާއިރު، އެއެންމެންވެސް ވަނީ ބަލިން ރަނގަޅުވެ ދޫކޮށްލާފައެވެ. އެންމެ ފަހުން އައްޑުއިން ޕޮޒިޓިވްވި ދެމީހުން ބަލިން ރަނގަޅު ވެފައިވާކަން ހާމަ ކުރިއިރު، އެ ދެމީހުން ކަރަންޓީނުގައި ތިބީ ގަމުގައެވެ. މިދެމީހުންނަކީ ވެސް މާލެއިން ޓެސްޓު ކުރެވިގެން ހޯމް ކަރަންޓީނަަށް އައި ދެމީހުންނެވެ.

އައްޑޫގެ ގުޅިފައިވާ ރައްތަކުގެ ތެރެއިން މީހުން ދިރިއުޅޭ ރައްތަކުގައި ކަރަންޓީނުގައި ތިބި އެންމެން މިމަހުގެ 7ވަނަ ދުވަހާ ހަމައަށް އައިއިރު، ބަލިން ރަނގަޅުވެފައި ކަމަށް އޭއީއެޗް އިން ވިދާޅުވެއެވެ.