ކުޅިވަރު

ގައުމީޓީމުތަކުގެ އެތްލީޓުންނަށް ކްރީސްޓަލް ޕެލަސްގެ ޑރ.ޒަފްގެ ޚާއްސަ ކޮންފަރެންސެއް


ކްރިސްޓަލް ޕެލަސްގެ ހެޑްއޮފް މެޑިސިން ޑރ.ޒަފް އިގްބާލް ރާއްޖޭގެ ގައުމީޓީމުތަކުގެ ކުޅުންތެރިންނާއިއެކު ޚާއްސަ ވީޑިއޯ ސެޝަންއެއް ބާއްވައިފިއެވެ.

ޒޫމް މެދުވެރިކޮށް ބޭއްވި މި ބައްދަލުވުމުގައި ކުޅިވަރާއިބެހޭ ވަޒީރު އަހުމަދު މަހްލޫފާއެކު، އެކިކުޅިވަރުތަކުން 190 އަށްވުރެ ގިނަ އެތްލީޓުން ވަނީ ބައިވެރިވެފައެވެ. މި ވީޑިއޯ ސެޝަންގައި ޑރ.ޒަފް ވަނީ ނިއުޓްރީޝަން، އެކްސަސައިޒް ރޫޓީން، އަދި ފިޓްނެސް މެއިންޓެނަންސް ކިޔަވައިދީފައެވެ. އަދި ލޮކްޑައުންގެ ތެރޭގައި ފިޓްނެސް ދަމަހައްޓާނެ ގޮތް އެތްލީޓުންނަށް ކިޔާދެއްވާފައެވެ.

މިއީ މަހްލޫފް ރާއްޖޭގެ ކުޅިވަރުތައް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ޓްވިޓާއިން ފެނިގެން އެކަމަށް ބާރުއެޅުމުގެ ގޮތުން އަމިއްލައަށް ރިކުއެސްޓް ކުރި ބައްދަލުވުމެއް ކަމަށް ޑރ. ޒަފް ވަނީ ބުނެފައެވެ.
މިވީޑިއޯ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ، މިއީ ކޮވިޑް19 ގެ ހާލަތާ ގުޅިގެން ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނަށް ޖިސްމާނީ ގޮތުން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް މުހިއްމު ސެޝަނަކަށް ވެގެންދާނެ ކަމަށެވެ.

މިނިސްޓަރ މަހުލޫފްވަނީ ކޯވިޑް-19ގެ ހާލަތުން އަރއިގަނެވި އާންމު ހާލަތަށް ރުޖޫޢަވުމުން ދރ.ޒަފް ރާއްޖެ އައުމަށް ދަޢުވަތުދީފައެވެ.