ޚަބަރު

ކޯވިޑް-19 ޖެހިފައިވާ ބަޔަކު ފެނުމާ ގުޅިގެން ނިލަންދޫ މޮނިޓަރިންއަށް


ފ. ނިލަންދޫން ކޯވިޑް-19ޖެހިފައިވާ ދެ މީހަކު ފެނުމާއި ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ނިލަންދޫން ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީންގައި ތިބި އުމުރުން 30 އަހަރުގެ ފިރިހެނަކާއި 43 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެރަށް މޮނިޓަރިންގއަށް ލާފައިވުމާއެކު މިހާރު އެރަށަށް އަރައި ފޭބުން ވަނީ ވަގުތީގޮތުން މަނާކޮށްފައެވެ.

ނިލަންދޫގެ އިތުރުން މިހާތަނަށް ކޯވިޑް-19 ޖެހިފައިވާ މީހުން ފެނިފަިއިވަނީ މާލެ ސަރަހައްދާއި، ހއ. ކެލާ، އިހަވަންދޫ ހއ. ފިއްލަދޫ އަދި ހދ. ނާވައިދު އާއި ރ. ހުޅުދުއްފާރާއި ބ. ކަމަދު އާއި ބ. ކުޑަރިކިލުގެ އިތުރުން ޅ. ހިންނަވަރާއި ނައިފަރާއި ކ. މާފުއްޓާއި ތުލުސްދު އާއި ވ. ފުލިދު އާއި ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީ ހިތަދޫ އާއި ފޭދޫންނެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ ސަރުކާރާއި ކަމާ ގުޅުންހުރި ފަރާތްތަކުން ދަނީ އާންމުން މިކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް އިލްތިމާސް ކުރައްވަމުންނެވެ. އަދި މާލޭއާއި ކޯވިޑް-19 ޖެހިފައިވާ މީހުން ފެންނަ ރަށްރަށުގައި ގެއިން ބޭރަށް ނުކުންނަ ނަމަ މާސްކު އެޅުމަށް މަޖުބޫރު ކޮށްފައިވާއިރު، އެނޫން ރަށްރަށުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ސަމާލު ވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.