ޚަބަރު

ކޯވިޑް-19 : އާއިލާގެ މީހަކު ޕޮޒިޓިވްވެ ޑރ.ނަޒްލާ ކަރަންޓީނަށް


އާއިލާގެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީޤް ކަރަންޓީން ވެއްޖެއެވެ.

މިކަން ހާމަކުރައްވައި ޑރ.ނަޒްލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާއިލާގެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށާއި، އެމީހާއާއި ދިމާވެފައިވާތީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހޯމް ކަރަންޓީންގައި ހުރި ކަމަށެވެ. އަދި ހާލު ރަނގަޅު ކަމަށާއި، ކޯވިޑް-19ގެ ފަހުގެ މަޢުލޫމާތު ދެއްވުމަށް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ގޭގައި ހުންނަވައިގެން ބައިވެރިވެލައްވާނެ ކަމަށެވެ.

ޑރ. ފާތިމަތު ނަޒްލާ ރަފީޤަކީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އާންމުންނަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށްދީ އަހުލުވެރި ކުރުވުމުގައި މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެޗްޕީއޭއާއި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައިވެސް މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ޑރ. ނަޒްލާއަކީ މިހާރު ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނުވެސްމެއެވެ.