ވިޔަފާރި

އުރީދޫއިން ސެމްސަންގ ޒެޑް ފްލިޕް ފޯނު ރާއްޖެއަށް ތަޢާރަފްކޮށްފި


ސެމްސަންގ އާއި އުރީދޫ ގުޅިގެން ބޯނަސް ޑޭޓާ ޕްލޭނަކާއިއެކު ސެމްސަންގް ޒެޑް ފްލިޕް ފޯނު ރާއްޖޭގައި ވިއްކަން ފަށައިފިއެވެ.

ސެމްސަންގްގެ މި އީޖާދީ ފޯނަކީ ފުލް ސްކްރީން ފޯނެއް ކަމުގައިވިޔަސް، އެހެން ފޯނުތަކާ ހިލާފަށް ގެންގުޅެން ފަސޭހަ، ފަތްޖަހާލެވޭގޮތަށް އުފައްދާފައިވާ މޮޅު ފޯނެކެވެ.

2 ބެޓެރީއާއެކު ފަރުމާ ކުރެވިފައިވާ މިފޯނުގެ ބެޓެރި މުޅި ދުވަހަށް ހިފަހައްޓާއިރު، ފަތްޖަހާލެވޭ މިފޯނުން ނަގާ ތަފާތު އޭންގަލްތަކުން ކޮލިޓީ ފޮޓޯ ނަގާލެވޭނެއެވެ. ސެމްސަންގ ޒެޑް ފްލިޕް އެންމެ ފުރިހަމަ އަގުގައި އުރީދޫ އީ-ކޮމާރސް ޕްލެޓްފޯމް މެދުވެރިކޮށް ލިބޭނެކަމަށް އުރީދޫއިން ބުނެއެވެ. އުރީދޫއިން ބުނީ މިފޯނު ރާއްޖެއަށް ތަޢާރަފްކޮށްފައި ވަނީ ހާއްސަ ޕްރޮމޯޝަނަކާއެކުކަމަށެވެ.

އުރީދޫ މެދުވެރިކޮށް ބައްލަވައިގަންނަވާ ގެލެކްސީ ޒެޑް ފްލިޕް ކޮންމެ ފޯނަކާއެކު އުރީދޫ ޕްރީޕެއިޑް، މިކްސް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަހަކު 2020 އެމްބީ ހިލޭ ޑޭޓާ ވެސް މިއަހަރުގެ ނިޔަލަށް ލިބިވަޑައިގަންނަވާނެއެވެ.

ސެމްސަންގ ގެލެކްސީ ޒެޑް ފްލިޕްގެ އަގުތަކަށް ބަލާލާއިރު 256 ޖީބީގެ ފޯނުގެ އަގު އުޅެނީ 22699 ރުފިޔާއަށެވެ. ސެމްސަންގ ގެލެކްސީ ޒެޑް ފްލިޕް ފޯނު އުރީދޫގެ އީ ކޮމާސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް ބައްލަވައިގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދެވޭނެކަމަށް އުރީދޫއިން މައުލޫމާތުދެއެވެ. އުރީދޫގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް މޫލީން އެކި ތަކެތި ކަސްޓަމަރުންނަށް ގަނެވޭނެއެވެ.

ސެމްސަންގ ގެލެކްސީ ޒެޑް ފްލިޕް ފޯނަކީ އެންޑްރޮއިޑް 10ގެ އޮޕަރޭޓިންގ ސިސްޓަމެއް އިންނަ ފޯނެކެވެ. 6.7 އިންޗީގެ ޑިސްޕްލޭއެއް އިންނަ މިފޯނުގެ ރިއަރ ކެމެރާގައި 12 މެގަޕިކްސަލް އަދި ފްރަންޓް ކެމެރާގައި 10 މެގަޕިކްސަލް ހުރެއެވެ. މިފޯނުގެ 3 ކުލައެއް ހުރެއެވެ. އެއީ މިރޯ ޕާޕަލް، މިރޯ ބްލެކް އަދި މިރޯ ގޯލްޑެވެ.

ގެލެކްސީ ޒެޑް ފްލިޕް ފޯނުގެ އޮފިޝަލް ލޯންޗް