ޚަބަރު

ކުރިއަށް އޮތް 6 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ


ކުރިއަށް އޮތް 6 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެތީ، މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގެ އިތުރުން ދެކުނުގެ އަތޮޅުތަކަށްވެސް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށް ވައިޓް އެލާރޓެއްވެސް ނެރެފައެވެ.އެ އިދާރާއިން ބުނީ މިއަދު ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށް ބެލެވޭކަމަށެވެ. އެހެންކަމުން ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިން އެދިވަޑައިގަންނަވައެވެ.