ޚަބަރު

ފިޓް ޖެހިގެން އައިޖީއެމްއެޗަށް ގެންދިޔަ ބިދޭސީއަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


ފިޓް ޖެހިގެން އައިޖީއެމްއެޗަށް ގެންދިޔަ ބިދޭސީއަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ އެ މީހާއަކީ ބަންގްލަދޭޝްގެ މީހެއްކަމަށާ އޭނާގެ ހާލު ސީރިއަސް ކަމަށެވެ. އަދި އޭނާ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ހެދި ޓެސްޓުންކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. އެގޮތުން ރާޢްޖެއިން މިހާތަނަށް މި ބަލި ޖެހުނު 361 ބިދޭސީންގެ ތެރެއިން 283 މީހުންނަކީ ބަންގްލަދޭޝްގެ މީހުންނެވެ. މި ބަލި ޖެހުނު ދިވެހިންގެ އަދަދަކީ 191އެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީންނަށް ކޯވިޑް-19 ޖެހިފައިވާއިރު، މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލޭގައި ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުންދާ ތަންތަނުން އެމީހުން ރައްކާތެރި ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.