ވިޔަފާރި

ކޯވިޑް-19 : ދިރާގުން ކުދި ވިޔަފާރިތަކަށާއި މެދުފަންތީގެ ވިޔަފާރިތަކަށް ޑިސްކައުންޓެއް


ކޯވިޑް-19ގެ ސަބަބުން ކުދި ވިޔަފާރިތަކަށާއި މެދުފަންތީގެ ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް އެހީތެރިވުމުގެގޮތުން ދިރާގުން ލުއި ގޮތްތަކެއް ހަމަޖައްސައިދީފިއެވެ.

ދިރާގުން ބުނީ ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑުގެ ޕެކޭޖުތަކުގެ މަހުފީ އިން %25 ޑިސްކައުންޓެއް މާރިޗު އަދި އޭޕްރިލް މަހަށް ދޭން ނިންމާފައިވާކަމަށެވެ. މީގެ އިތުރުން ގެސްޓް ހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަހުފީއިން ވެސް %25 ޑިސްކައުންޓް ދޭން ދިރާގުން ވަނީ ނިންމާފައެވެ.

ކޯވިޑް 19 އާ ގުޅިގެން ދިރާގުން ދަނީ ކަސްޓަމަރުންނަށް އެކި ގޮތް ގޮތުން ލުއި ފަސޭހަތައް ދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން، ދިރާގުގެ ރެޒިޑެންޝަލް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މީގެކުރިން ވަނީ %30 އިތުރު ޑާޓާ ދީފައެވެ.

ދިރާގުން ވަނީ އެކުންފުނިން ފޯރުކޮށްދޭ މޯބައިލް ފޯނުގެ ޚިދުމަތާއި އިތުރު ކަސްޓަމަރ ސެގްމެންޓްތަކަށްވެސް ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ނިންމާފައެވެ.