ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އާ ގުޅިގެން ހަތް ޤައުމަކަށް ދަތުރުކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.
ކޯވިޑް-19 ގެ ހާލަތު އެޗްޕީއޭއިން ގާތުން ބަލަމުންދާ ކަމަށާއި، އެގޮތުން ޗައިނާގެ އިތުރުން ދެކުނު އިރުމަތީ އޭޝިޔާގެ ބައެއް ޤައުމުތަކުގައި ޗައިނާއަށް ދަތުރުކޮށްފައި ނުވާ ފަރާތްތަކުގެ ކިބައިންވެސް މިބަލި ފެނި އެޤައުމުތަކުގައި ބަލި ފެތުރެމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.
އެހެންކަމުން ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ޖަޕާން، ސިންގަޕޫރު، ހޮންކޮންގ، ދެކުނު ކޮރެއާ، ތައިލެންޑް، އީރާން އަދި އިޓަލީއަށް ދަތުރުކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.
އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަންތައްތައްވެސް އެޗްޕީއޭއިންވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން :-
މީގެ އިތުރުން މިދުވަސްވަރު ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް ނުބޭއްވުމަށްވެސް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.