ކުޅިވަރު

ލީގުގެ ފުރަތަމަ ދެމެޗުން ކޯޗު ސާރީ ނުފެންނާނެ


ނިއުމޯނިޔާއަށް ފަރުވާ ހޯދަމުންދާތީ ލީގުގަ ފުރަތަމަ ދެމެޗުގައި ކޯޗު ސާރީ ނުފެންނާނެ ކަމަށް ޔުވެންޓަސްއިން ބުނެފިއެވެ.

ޔުވެންޓަސްއިން މިކަން ހާމަކުރީ އެޓީމުން ނެރުނު ނޫސް ބަޔާނެއްގައެއެވެ. އުމުރުން 60 އަހަރުގެ ކޯޗު ސާރީއަށް މިހަފްތާ ބަންދުގައި، ޕްރީސީޒަންގައި އެޓީމުން ކުޅޭ ފަހު މެޗު ގެއްލޭނެއެވެ. ސާރީގެ ސިއްހީ ހާލަތާ ގުޅޭގޮތުން ޔުވެންޓަސް އިން ބުނެފަވަނީ ކުރުމުއްދަތެއްގެ ތެރޭގައި އޭނާއަށް ކުރިއެރުން ލިބެމުން އަންނަކަމަށެވެ.

ޗެލްސީގެ ކުރީގެ ކޯޗު ސާރީ ޔުވެންޓަސްއާ ގުޅުނީ މިދިޔަ ޖޫންމަހު މަސިމޯ އަލްގޭރީ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ސަރީ ވަނީ ޗެލްސީއާއެކު ހަމައެކަނި ހޭދަކުރި ސީޒނުގައި އެޓީމާއެކު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

އިޓަލީގެ ކުރީގެ ކުޅުންތެރިޔާ ސާރީ ޗެލްސީއާ ގުޅުނު ނަޕޯލީއަށް ކޯޗު ކޮށްދިނުމަށްފަހު ހުސްވި ސީޒަނުގައެވެ. މިހަފްތާގައި ފެށުމަށް ހަމަޖެހިފާވާ އިޓަލީ ލީގުގައި ސާރީ ނެތި ޔުވެންޓަސް ނުކުންނާނީ ޕާމާއާއި އޭނާގެ ކުރީގެ ކުލަބް ނަޕޯލީއާ ދެކޮޅަށެވެ.