ކުޅިވަރު

މެލޭޝިއާގައި އޮންނަ ކްރިކެޓް މުބާރާތުގައި ވާދަކުރާ ޤައުމީ ސްކޮޑް ޢިއުލާން ކޮށްފި


މެލޭޝިއާގައި އޮންނަ ކްރިކެޓް ކުއަޑްރަންގިއުލާ ސީރީސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ސްކޮޑް ޢިއުލާން ކޮށްފިއެވެ.

މުބާރާތުގައި ވާދަކުރާ ގައުމީ ސްކޮޑް އިއުލާން ކުރީ މިއަދު އެކަމައްޓަކައި ޚާއްސަކޮށްގެން ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ބޭއްވީ ކުޑަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ގައުމީ ސްކޮޑުގައި ހިމެނުނު ކުޅުންތެރިންނަށް މުބާރާތުގައި ޤައުމީ ޓީމް ބޭނުންކުރާ ކިޓް ހަވާލުކޮށްދެއްވީ ކްރިކެޓް ބޯރޑް އޮފް މޯލްޑިވްސް ރަޢީސް މުޙައްމަދު އަފްލާހެވެ.

ޕީއެސްއެމް ސްޕޯޓްސް އާއި ވާހަކަ ދައްކަމުން ޓީމުގެ މެނޭޖާރ މުޙްމޫދް ރިޔާޒް ބުނީ، ފައިނަލް ސްކޮޑް އެކުލަވާލީ 25 ކުޅުންތެރިންގެ ސްކޮޑަކާއިއެކި އެއްމަސް ދުވަހުގެ ސެލެކްޝަން ސެޝަން ތަކެއް ކުރިއަށް ގެންދިއުމަށް ފަހުގައި ކަމަށް. އަދި މިފަހަރުގެ ސްކޮޑް ނެގީ އެހެން ފަހަރުތަކާއި ތަފާތު ކްރައިޓީރިއާއެއްގެ ދަށުން ކަމަށާއި، ޓީމް އެކުލަވާލުމުގައި ވަރަށް ގިނަ ގޮތްތަކަށް ބަލާފައިވާނެ ކަމަށެވެ.

"އަލުގަނޑުމެން މީގެ އެއްމަސް ކުރިން ޚާއްސަ ކްރައިޓީއިތާ ތަކަކާއި ޕްލޭންތަކެއް އެކުލަވާލުމަށްފަހު ސެލެކްޝަން ފެށީ ގާތްގަނޑަކަށް 25 ކުޅުންތެރިންނާއި އެކު، ދެން ވަރަށް ގިނަ ގޮތްގޮތަށް ބަލާފަ މިފަހަރުގެ ސްކޮޑް މި އެކުލަވާލީ،" މަޙްމޫދް ރިޔާޒް ބުންޏެވެ.

މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ޓީމް މެލޭޝިއާއަށް ފުރާނީ މިމަހުގެ ވިހި ވަނަ ދުވަހުއެވެ.