ކުޅިވަރު

125 ރަށަކަށް ސްޕޯޓްސް ކައުންސިލަރުން ހޯދަނީ!


125 ރަށަކަށް ސްޕޯޓްސް ކައުންސިލަރުން ހޯދަން ޔޫތް މިނިސްޓްރީއިން ޢިއުލާން ކޮށްފިއެވެ.

ސަރުކާރުގެ ދުޅަހެޔޮ ހަށިހެޔޮ މުޖުތަމަޢުއެއް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން މީގެ ކުރިންވެސް ވަނީ ބައެއް ރަށްރަށަށް ސްޕޯޓްސް ކައުންސިލަރުން ތަމްރީންކޮށް މަގާމު ހަވާލުކޮށްފައެވެ.

ޔޫތް މިނިސްޓްރީން، ސްޕޯޓްސް ކައުންސިލަރުން ހޯދަން ޢިއުލާން ކޮށްފައިވަނީ، ހއ.އަތޮޅުން 9 ރަށަކާއި، ހދ.އަތޮޅުން 9ރަށަކާއި، ށ.އަތޮޅުގެ 6 ރަށަކާއި، ނ.އަތޮޅުން 11 ރަށަކާއި، ރ.އަތޮޅުގެ 7 ރަށަކާއި، ބ.އަތޮޅުގެ 11 ރަށަކާއި، ޅ.އަތޮޅުގެ 3 ރަށަކާއި، ކ.އަތޮޅުގެ 7 ރަށަކާއި، އއ.އަތޮޅުގެ 4 ރަށަކާއި، އދ.އަތޮޅުގެ 7 ރަށަކާއި، ވ.އަތޮޅުގެ 4 ރަށަކާއި، މ.އަތޮޅުގެ 5 ރަށަކާއި، ފ.އަތޮޅުގެ 2 ރަށާކައި، ދ.އަތޮޅުގެ 5 ރަށަކާއި، ތ.އަތޮޅުގެ 8 ރަށަކާއި، ލ.އަތޮޅުގެ 4 ރަށަކާއި، ގއ.އަތޮޅުގެ 4 ރަށަކާއި، ގދ.އަތޮޅުގެ 7 ރަށަކަށެވެ.

އަދި ފުވައްމުލަށް ސިޓީގެ ދެ އަވަށެއްގެ އިތުރުން، އައްޑޫ ސީޓީގެ ހަ އަވަށެއް ހިމެނެއެވެ. މިއިން ކޮންމެ ރަށަކަށް ސްޕޯޓްސް ކައުންސިލަރަކު ހޯދަން އިއުލާން ކުރިއިރު މާލެއަށް ފަސް ސްޕޯޓްސް ކައުންސިލަރުން ހޯދަން ވަނީ ޢިއުލާން ކޮށްފައެވެ.

ސްޕޯޓްސް ކައުންސިލަރުގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށް ސަރުކާރުން ތަމްރީންތައް ފުރިހަމަކޮށްދޭއިރު، ސްޕޯޓްސް ކައުންސިލަރަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެމެނެނީ ސެކަންޑްރީ އޯ ލެވެލް އިމްތިހާނުން 2 މާއްދާއިން ދަށްވެގެން ޑީ ފާސް ލިބިފައި ވުމާއި ދިވެހި މާއްދާއިން ފާސްވެފައިވުން ހިމެނެއެވެ.