ކާނާ

ރެސިޕީ : ކޮކޯ ނަޓް ޑޭޓް އެނާޖީ ބޯލްސް


ކަދުރަކީ ރޯދަމަސް ފުރިހަމަ ކޮށްދޭ އެއް މޭވާއެވެ. ފަހަކަށް އައިސް ރޯދަ ވީލުމުގެ އިތުރުން އެކި ބާވަތު ފޮނިކާތަކެތި ތައްޔަރުކުރުމަށްވެސް ކަދުރު ބޭނުންކުރަމުންދެއެވެ. ދިވެހިންގެ މެދުގައި ކަދުރު ކޭކަކީ މަޝްހޫރު އެއްޗެކެވެ. ނަމަވެސް މިރެސިޕީއަކީ ކޭކު ރެސިޕީއެއް ނޫނެވެ. ކަދުރު ބޭނުންކޮށްގެން ތައްޔާރުކުރާ ޗޮކޮލެޓް އެނާޖީ ބޯލްސް އަކީ ރޯދަވީއްލާ ގަޑީގައި ކުޑަ އެތިކޮޅެއް ކައިގެން ގައިގައި ބުންވަރު ޖެއްސުމަށް ރަގަނޅު އެއްޗަކަށްވާނެއެވެ.

ބޭނުންވާނެ ތަކެތި


1 ޖޯޑު ކަދުރު (އޮށްނަގާ ކުދިކޮށް ކޮށާފައި)
1/2 ޖޯޑު މުގުރާފައި ހުރި އާމަންޑް ނަޓްސް ( އާމަންޑް ކަމުނުދާނަމަ އެހެން ބާވަތެއްގެ ނަޓްސްއެއް ބޭނުންކުރެވިދާނެ)
1/2 ޖޯޑު ކާށި (ގާނާފައި)
1 1/2 މޭޒުމަތީ ސަމުސާ ކޮކޮނަޓް އޮއިލް
2 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ

ތަައްޔާރުކުރާނެ ގޮތް


މިކްސްސަރަށް ހުރިހާ އެއްޗެއް އަޅާ، މެދު ސްޕީޑުގައި އެއްކޮށްލާށެވެ. ހުރިިހާ އެއްޗެއް ރަނގަޅަށް އެއްވުމުން ސަމުސަލެއް ބޭނުންކޮށްގެން މީގެން އެތިކޮޅު ކޮޅު ކޮޅު ނަގާ ގުޅަ ވަށާލާށެވެ. ގުޅަތައް ވަށާ ނިމުމުން އޭގެ މައްޗަށް ގާނާފައި ހުރި ކާށިތައް އަޅާލާށެވެ. ފްރިޖަށްލައި 1 ގަޑިއިރު ފިނިކޮށްލުމުން މިހުރީ މި ރެސިޕީ ތައްޔާރުވެފައެވެ. މިއީ ފަސޭހަ، މީރު އަދި ހަށިގަނޑުގައި ވަރު ޖައްސައިދޭނެ ފޮނި އެއްޗެކެވެ.