ސްޕެނިޝް ކޮޕަ ޑެލްރޭގެ ދެވަނަ ބުރުގައި ބާސެލޯނާ އާއި ލެވަންތޭ ބައްދަލުކުރި މެޗު ބާސެލޯނާއިން ކާމިޔާބުކޮށް ކުއާޓަރ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ. 
ބާސާގެ އަމިއްލަ ދަނޑުގައި މި ދެޓީމު ރޭ ވާދަކުރި ދެވަނަ ލެގުގެ މެޗު ބާސާއިން ކާމިޔާބުކުރީ ތިނެއް ސުމަކުންނެވެ. ނަމަވެސް ފުރަތަމަ ލެގުގައި ލެވަންޓޭ ވަނީ ބާސާގެ މައްޗަށް ދޭއް އެކަކުން ކުރި ހޯދާފައެވެ. 
މި މެޗުގައި ބާސާއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އެޓީމަށް ޖަހައިދިނީ އޮސްމާނޭ ޑެމްބްލޭއެވެ. އަނެއް ލަނޑު މެޗުގެ ދެވަނަ ހާފުގައި އެޓީމަށް ޖަހައިދިނީ ކެޕްޓަން މެސީއެވެ. 
މި ނަތީޖާއާއެކު ހަތަރެއް ދޭއްގެ އެގްރިގޭޓަކާއިއެކު ބާސާ ވަނީ މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގައެއް ކަށަވަރު ކޮށްފައެވެ. އެންމެ ފަހުގެ ހަތަރު އަހަރުގައިވެސް މި މުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވަނީ ބާސެލޯނާކަން ފާހަގަކޮށްލެވެއެވެ.