ކުޅިވަރު

އިނގިރޭސި ރެފްރީންނަށް ވީއޭއާރު ބޭނުން ކުރާކަށް ނޭންގޭ - ސާރީ


އިނގިރޭސި ރެފްރީންނަށް ވީއޭއާރު ބޭނުންކުރަން ނޭނގޭކަމަށް ޗެލްސީގެ ކޯޗް މައުރީސިއޯ ސާރީ ބުނެފިއެވެ.

އިނގިރޭސި ލީގު ކަޕްގެ ސެމީފައިނަލުގެ ފުރަތަމަ ލެގުގައި، ވީއޭއާރު ބެލުމަށްފަހު ރެފްރީ ޓޮޓްނަމަށް ދިން ޕެނަލްޓީއެއްގެ ބޭނުން ހިފައިގެން ޓޮޓްހްހަމް މޮޅުވި މެޗަށްފަހު، ރުޅިގަދަވެފައިހުރި ޗެލްސީގެ ކޯޗް ސާރީ ބުނީ، މެޗަށްފަހު ޗެލްސީގެ ކެމެރާއިން ނަގާފައިވާ ވީޑިއޯ އޭނާ ބެލި ކަމަށާއި، އެވީޑިއޯއިން ފެންނަ ގޮތުގައި ކޭން އޮތީ ސީދާ އޮފްސައިޑުގައި ކަމަށެވެ. އަދި އެމަންޒަރު ސާފުކޮށް ލައިންސްމަނަށް ފެންނާނެ ކަމަށާއި، ކޭން އޮފްސައިޑުގައި އޮއްވާ އޭނާއަށް ފައުލްކުރިކަމަށް ބަލައި ޕެނަލްޓީ ދިނުމަކީ ޖޯކެއް ކަމަށެވެ.

ހާއްސަކޮށް އެވަގުތު ސުވާލު އުފެދުމުން ރެފްރީ ވީއޭއާރު ބެލުށްފަހުވެސް އެއީ ޕެނަލްޓީއެއްކަމަށް ނިންމުމުން ރެފްރީންގެ ފެންވަރު ހާމަވެގެން ގޮއްސިކަމަށްވެސް ސާރީ ބުންޏެވެ. ސާރީ ވަނީ އިނގިރޭސި ރެފްރީން މި ސިސްޓަމް އިތުރަށް ދަސްކުރަން ޖެހޭކަމަށް ބުނެފައެވެ.

އިތުރަށްވާހަމަ ދައްކަމުން ސާރީ ބުނީ، އިނގިރޭސި ޕްރެމިއާ ލީގުގައި ވީއޭއާރު ބޭނުން ނުކުރާއިރު ލީގުކަޕުގައި މިސިސްޓަމް ބޭނުން ކުރުމަކީވެސް ސުވާލު އުފައްދަން ޖެހޭވަރު ކަމެއް ކަމަށެވެ.

މިމުބާރާތުގެ ސެމީގެ ދެވަނަ ލެގުގައި މިދެޓީމް ވާދަކުރާނީ މިމަހުގެ 24ވަނަ ދުވަހުއެވެ.