ކުޅިވަރު

ދެއަހަރުގެ މެދުކެނޑުމަކަށްފަހު ޓީސީ ޔޫތް ޗެމްޕިއަންޝިޕަށް


ދެއަހަރުގެ މެދުކެނޑުމަކަށްފަހު ޓީސީ ސްޕޯޓްސް ކުލަބުން ޔޫތް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ނިންމައި، ސްކޮޑް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

ޔޫތް މުބާރާތުން ޓީސީ މިހާތަނަށް ފެނިފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 2016ވަނަ އަހަރުއެވެ. އެއަހަރުގެ މުބާރާތުން ޓީސީ ބަލިވީ ފައިނަލުގައި ކުލަބު އީގަލްސް އަތުންނެވެ. ދެއަހަރުގެ މެދުކެނޑުމަކަށްފަހު ޓީސީއިން ޔޫތް މުބާރާތަށް ނިކުންނައިރު، ކުރިއަށްއޮތް ދެތިން ދުވަހެއްގެ ތެރޭގައި ރަސްމީ ސްކޮޑް އެކުލަވާލައި އެޓީމުން ފަރިތަކުރުންތަށް ފަށާނެއެވެ.

ޓީސީއަކީ މިއަހަރުގެ މުބާރާތަށް ފަރިތަކުރުންތައް މިހާރު ފަށާފައިވާ ހަތްވަނަ ޓީމެވެ. ކްލަބް އީގްލްސް އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، ގްރީން ސްޓްރީޓްސްގެ އިތުރުން ށ.ފޯކައިދޫއާއި ދަގޭންގުންވެސް މިހާރުވަނީ ފަރިތަކުރުންތައް ފަށާފައެވެ.

ފާއިތުވި ދެ އަހަރުވެސް ޔޫތް މުބާރާތުގައި ބައިވެރިވެފައިވަނީ އެންމެ ހަތަރު ޓީމެވެ. ނަމަވެސް ކުރިން އަހަރުތަކާއި ހިލާފަށް މިއަހަރުގެ މުބާރާތް ފޯރިގަދަވާނެކަމަށް ބެލެވޭ. މިދިޔަ އަހަރުގެ މުބާރާތް ނަވާރަ އަހަރުން ދަށަށް ހުޅުވާލައިގެންނެވެ.

އެފްއޭއެމުން ބޭއްވިނަމަވެސް، މިއަހަރުގެ މުބާރާތުގައި ވާދަކުރެވޭނީ އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށެވެ. އަދި މިފޯމެޓުގެ ދަށުން އެއްއަހަރު އެކާވީސް އަހަރުން ދަށަށް ހުޅުވާލުމަށްފަހު ޖެހިގެން އަންނަ އަހަރު ކުޅޭނީ ނަވާރަ އަހަރިން ދަށައް ހުޅުވާލައިގެންނެވެ.