ކުޅިވަރު

ޖޫނިއާރ ބަސްކެޓްބޯލް ސްޓެޓިސްޓިކްސް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުގެ ޖޫނިއާ ބަސްކެޓްބޯލް ސްޓެޓިސްޓިކްސް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބާސްކެޓްބޯލަ އެސޯސިއޭޝަނުން ބުނީނީ މިމަހުގެ ވިހިވަނަ ދުވަހު ކޯސް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ ފަނަރަވަނަ ދުވަހުގެ ކުރިން މައުލޫމާތު ހުޝައަޅަން ޖެހޭނެ ކަމަށެވެ.

އެމްބީއޭއިން އަންނަނީ މިމަހުގެ ތެރޭގައި، ޖޫނިއާ ކޯޗަސް ކޯހަކާއި، ކޯޗަސް ގްރޭޑިން ކްލިނިކެއް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.

ޖޫނިއާ ކޯޗަސް ކޯހުގައި ބައިވެރި ވުމުގެ މުއްދަތު ހުޅުވާލާފައިވަނީ މިމަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށެވެ. ކޯޗަސް ގްރޭޑިން ކްލިނިކުގައި ބައިވެރިވުމަށް މިމަހުގެ ސަތާރަވަނަ ދުވަހުގެ ކުރިން ފޯމް ހުށައެޅުމަށް އެސޯސިއޭޝަނުން އެދިލައްވައެވެ.