ކުޅިވަރު

ބާސްކެޓް ކޯޗަސް ގްރޭޑިންގް ކޯސް ޖެނުއަރީ 20ވަނަ ދުވަހު ފަށަނީ


މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން އިން ހިންގުމަށް ހަމަޖެހިފައިވާ، ކޯޗަސް ގްރޭޑިން ކޯސް މިމަހުގެ ވިހިވަނަ ދުވަހު ދެށުމަށް އެ އެސޯސިއޭޝަނުން ތައްޔާރުވެއްޖެއެވެ.

އެމްބީއޭއިން ބުނީ، ލައިސަންސް ކޯޗުންގެ ގްރޭޑް ކަނޑައަޅާ ގްރޭޑިން ސިސްޓަމެއް އެކުލަވާލުމަކީ އެސޯސިއޭޝަންގެ އަމާޒެއް ކަމަށެވެ. އެހެންކަމުން އެސޯސިއޭޝަންގެ ފީބާ ލައިސަންސް ކޯޗުންނާއި ފާއިތުވި އަހަރު ކޯޗަސް ގްރޭޑިން ކްލިނިކުގައި ބައިވެރި ނުވާ ކޯޗުން، ވިހިވަނަ ދުވަހު ފަށާ ކޯޗަސް ގްރޭޑިން ކްލިނިކުގައި ބައިވެރިވުމަށް އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

އަދި ކްލިނިކުގައި ބައިވެރިވުމަށް، ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު މިމަހުގެ 17ވަނަ ދުވަހުގެ 14:00ގެ ކުރިން އެސޯސިއޭޝަނަށް ހުށައަޅަން ޖެހޭނެ ކަމަށްވެސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.