ކުޅިވަރު

އީގަލްސްގެ ޒުވާން ޓީމަށް ކުޅެން ފުރުސަތު އޮންނާނެ - ޔޫތް ޓީމްގެ ކޯޗު


އީގަލްސްގެ ޒުވާން ޓީމާއި ގުޅެން ބޭނުންވާ ކުޅުންތެރިންނަށް އެފުރުސަތު އެބައޮތްކަމަށް، ކްލަބް އީގަލްސްގެ ޒުވާން ޓީމުގެ ކޮޗް އިބްރާހިމް ސައީދު (ކަކާ) ބުނެފިއެވެ.

މިއަހަރުގެ ޔޫތް މުބާރާތަށް އީގަލްސްއިން ތައްޔާރުވުމުގެ ގޮތުން ބޭއްވި ފުރަތަމަ ފަރިތަކުރުމުގައި، ޕީއެސްއެމް ސްޕޯޓްސް އާއި ވާހަކަ ދައްކަމުން ކަކާ ބުނީ، އީގަލްސްއަކީ އަބަދުވެސް ޒުވާން ކުޅުންތެރިން އުފެއްދަން މަސައްކަތް ކުރާ ޓިމެއް ކަމަށާއި، މިފަހަރުގެ މުބާރާތުންވެސް ފުރަތަމަ ޑިވިޝަނަށް އީގަލްސްއިން ޒުވާން ކުޅުންތެރިންތަކެއް ނެރުމަކީ އެޓީމުގެ އަމާޒެއް ކަމަށެވެ.

އެންމެ ފަހު ޔޫތް ޗެންޕިއަންޝިޕްގެ ފައިނަލްގައި ކުލަބް އީގަލްސް ބަލިވެފައިވަނީ ގްރީން ސްޓްރީޓްސް އަތުން ޕެލަންޓީ ޖަހައިގެންނެވެ. ކަކާ ބުނީ އެންމެ ފަހުގެ ޔޫތް ޗެންޕިއަންޝިޕްގެ ފައިނުލް ލިބުނު ފިލާވަޅު ހަނދާން އެބަހުރި ކަމަށާއި، އީގަލްސްއިން މިފަހަރުގެ މުބާރާތަށް ނިކުންނާނީ އޭގެއިން އިބުރަތް ހާސިލް ކޮށްގެން ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ޒުވާން ޓީމުގެ ކޯޗް ކަކާބުނީ، ފުރަތަމަ ޑިވިޝަންގެ ޔޫތް ޓީމްއަކާއި ގުޅުމަކީ އާންމުކޮށް ލިބޭނެ ފުރުސަތުތަކެއް ނޫން ކަމަށާއި، އެހެންކަމުން މިފުރުސަތުގެ ބޭނުން ހިފައި ވީހާވެސް ގިނަ ޒުވާން ކުޅުންތެރިން ޓީމާއި ގުޅޭނެ ކަމަށް އުންމީދު ކުރާކަމަށެވެ.

"އީގަލްސް އަކީ އަބަދުވެސް ޒުވާން ކުޅުންތެރިން އުފައްދަން މަސައްކަތް ކުރާ، ޒުވާން ކުޅުންތެރިންނަށް ފުރުސަތު އޮތް ކުލަބެއް. އެކަން އެންމެ ފަހުގެ ސީޒަނުންވެސް ފެނިގެން ހިނގައްޖެ. އުންމީދު ކުރަނީ މިފަހަރުވެސް ފުރުސަތުގެ ބޭނުން ހިފައިގެން ޒުވާން ގިނަ ކުޅުންތެރިންތަކެއް ޓިމާއި ގުޅޭމެކަމަށް." އިބްރާހިމް ސައީފް ކަކާ ބުންނެވެ.

އީގަލްސް އަކީ އެންމެ ފަހުގެ މިމުބާރާތުގެ ރަނަރަޕް ޓީމެވެ. ފައިނަލުގައި އެޓީމު އެންމެ ފަހުގެ ޗެމްޕިއަން ގްރީން ސްޓްރީޓްސް އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

ރާއްޖޭގެ ޒުވާން ގައުމީ ޓީމު އެކުލަވާލުމުގައި، މިމުބާރާތުން ފާހަގަކުރެވޭ ކުޅުންތެރިންނަށް ފުރުސަތު ލިބިގެންދާނެއެވެ.