ކުޅިވަރު

27ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ބާއްވާ 27ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު އެ އެސޯސިއޭޝަނުން ހުޅުވާލައިފިއެވެ.

އެމްބީއޭއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން މިމަހުގެ 27ވާ އާދިއްތަ ދުވަހުގެ 13:30ގެ ކުރިން އެއިދާރާއަށް ލިއުމަކުން އެކަން އެންގުމަށާއި، މުބާރާތުގައި ބައިވެރި ވެވޭނީ 27 ޖެނުއަރީގެ ކުރިން ކޮމިޝަނާއޮފް ސްޕޯޓްސްގައި ރަޖިސްޓްރީވެ، އެމްބީއޭގެ މެމްބާރޝިޕް ލިބިފައިވާ ކްލަބް ޖަމްޢިއްޔާތަކަށް އެކަނި ކަމަށެވެ.

އަދި މުބާރާތުގައި ބައިވެރިވުމަށް އެދި އެސޯސިއޭޝަނަށް ލިޔުން ހުށައަޅާ ޓީމުތަކުން، ފެބްރުއަރީ 3 ވާ އާދިއްތަ ދުވަހުގެ 11:00ގެ ކުރިން ޓިމް ލިސްޓް ހުޝައަޅަން ޖެހޭނެ ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.

މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 10ވަނަ ދުވަހުއެވެ. އެމްބީއޭ ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ޓީރެކްސް ބީސީއެވެ.