ކުޅިވަރު

އެމްބީއޭއިން ޖޫނިއާ ކޯޗުން ތަމްރީންކުރަން ކޯހެއް ބާއްވަނީ


މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ޖޫނިއާރ ކޯޗުން ތަމްރީންކުރަން ކޯހެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

އެމްބީއޭއިން ބުނީ، ޖޫނިއާ ކޯޗަސް ކޯހުގައި ބައިވެރި ވުމަށް ބޭނުންވާ ފަރާތްތަކުން އެއިދާރާގެ ރަސްމީ މެއިލްއަށް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، ގުޅޭނެ ފޯނު ނަމްބަރެއް، މިމަހުގެ 10ވަނަ ދުވަހުގެ ކުރިން މެއިލް ކުރުމަށް އެދޭކަމަށެވެ.

މިކޯސް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13ވަނަ ދުވަހުއެވެ.

އެމްބީއޭއިންވަނީ މިދިޔަ އަހަރު ރެފްރީންތަމްރީނުކުރުމުގެ ކޯޗްތަކާއި، އެކި ލެވެލްގެ ކޯޗުން ތަމްރީނުކުރާ ކޯޗްތަކެއްވެސް ބާއްވާފައެވެ.