ރިޕޯޓް

ވެސްޓްއިންމޯލްޑިވްސްގެ ރާއްޖޭގެ ފުރަތަމަ ރިސޯޓް ހުކުރުދުވަހު ހުޅުވަނީ


ފަތުރުވެރިން ޝައުގުވެރިވާ ކަނޑުގެ ދިރުންތައް މިސާލަކަށް ބަލައިގެން ފަރުމާކޮށްފައިވާ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓް މިހަފްތާގެ ހުކުރު ދުވަހު ރަސްމީކޮށްހުޅުވަން ނިންމައިފިއެވެ. ތަފާތު ގޮތަކަށް ފަރުމާކޮށްފައިވާ މި ރިސޯޓްއަކީ ބ.އަތޮޅުގައި ހުޅުވާ 16 ވަނަ ރިސޯޓެވެ.

ވެސްޓިން މޯލްޑިވްސް އިން ރާޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓް ހުޅުވަން ތައްޔާރު ވެފައިވާއިރު މިހާރު ކުރިއައްދަނީ ފޮޅާ ސާފުކުރުމެ މަސައްކަތާއި ރެސްޓޯރަންޓްތަކަށް ބޭނުންވާ ހިފާއިގެންގުޅޭ ސާމާނު ތަރުތީބު ކުރުމުގެ މަސައްކަތާއި ދޮންވެލިގަނޑާ ރަށުތެރެ ސާފުކުރުމުގެ މަސައްކަތެވެ. ޕީއެސްއެމް ނިއުސްއާ ވަހަކަދައްކަވަމުން އެރިސޯޓްގެ ޖެނެރަލް މެނޭޖަރު ވިދާޅުވީ ހުކުރު ދުވަހު ރިސޯޓް ހުޅުވަން ތައްޔާރުވަމުން ދާއިރު ޖުމްލަކޮށް ބަލާނަމަ ބޮޑެތި ހުރިހައި މަސައްކަތްތަކެއް މިހާރު ނިމިފައި ވާކަމަށެވެ.

މި ރިސޯޓަކީ މަތީފަންތީގެ ލަގްޒަރީ ރިސޯޓެއްގެގޮތުގައި ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ. ފަތުވެރިންގެމެދުގައި ހިތްގައިމު މަންޒިލަކަށް ހެދުމަށް އަމާޒުކޮށްގެން އެރިސޯޓުން މިހާރުވެސް ވަނީ މަސައްކަތްތަކެއް ފަށާފައެވެ. މި ރިސޯޓުގައި ހިމެނެނީ 70 ކޮޓަރިއެވެ.

މީގެ އިތުރުން ފަތުރުވެރިމަުގެ ވުޒާރާއިން ބަލަންޖެހޭ ބެލުންތަކާ، އެމްއެންޑީއެފް އިން ބަލަންޖެހޭ ބެލުންތައްވެސް މިހަފްތާގައިވަނީ ބަލާ ނިންމާފައިކަމަށް އެދެވުޒާއިން މައުލޫމާތުދޭ. މި ރިސޯޓުގެ ހުރިހާ ޑިޕާޓްމަންޓްއަކަށް މިހާރު މުވައްޒަފުންވެސް ހަމަވެފައިވާކަން ފާހަގަކުރައްވަމުން ޖެނެރަލް މެނޭޖަރ ވިދާޅުވީ، ވެސްޓިން މޯލްޑިވްސްއިން ބ.އަތޮޅުގައި ރިސޯޓެއް ހަދައި ހިންގަން ފެށުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. ސަބަބަކީ ބ.އަތޮޅަކީ ޔުނެސްކޯ ބަޔޯސްފިއަރ ރިސަވް އަތޮޅަކަށް ވުމުންކަން އޭނާ ފާހަގަކުރެއްވިއެވެ.

މިރިސޯޓް ހުޅުވުމުން ބ.އަތޮޅުގައި ހިންގަމުންދާ ރިސޯޓްގެ ޢަދަދަކީ މިހާރު 16އެވެ. މިރިސޯޓު ތަރައްގީ ކޮށްފައިވަނީ ޖަޕާނުގެ ބެލޫނާ ކޯ ކުންފުންޏާއި ސްރީ ލަންކާގެ އޭޝިއާ ކެޕިޓަލް ގުޅިގެންނެވެ. މިރިޔަންދޫ މޯލްޑިވްސް ބްރޭންޑް ކުރާ މެރިއޮޓް އިންޓަނޭޝަނަލް ކުންފުނިން މީ ރާއްޖޭގައި ހުޅުވާ ހަތަރުވަނަ ރިސޯޓެވެ. ވެސްޓްއިން މޯލްޑިވްސް މިރިއަންދޫ ރިސޯޓު ފަރުމާކޮށްފައިވަނީ އިޓަލީގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ ޕީއީއައިއޭ އެސޯސިއޭޓީން އިންކަމަށް އެރިސޯޓްއިން މައުލޫމާތުދެއެވެ.