ކުޅިވަރު

މުޅި ރާއްޖެ ޤައުމީ ޓީމާއެކު ނުކުތުމަށް ކޯޗް ގޮވާލައިފި


ގައުމީ ޓީމްގެ ކަންތަށްތަށް ސިޔާސީނުކޮށް، ކުރިއަށް އޮތް ސެމީ ފައިނަލް މެޗްއަށް މުޅި ދިވެހިރާއްޖެ އެއްބައެއްގެ ގޮތުގައި ނިކުތުމަށް ޤައުމީ ޓީމްގެ ކޯޗް ޕީޓަރ ގޮވާލައިފިއެވެ.

ސާފް ސުޒުކީ ކަޕްގައި މާދަމާ ދިވެހިރާއްޖެއާއި ނޭޕާލް ވާދަކުރާ ސެމީ ފައިނަލް މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކކަމުން ސެގާޓްބުނީ ގުރުލައިގެން ނަމަވެސް ރާއްޖެ މިވަގުތު އޮތީ ސާފް ސުޒުކީ ކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފަކަމަށާއި ބައެއް މީޑިޔާ ތަކުން ޤައުމަށް ވުރެއްބޮޑަށް އަމިއްލަ ފައިދާ އިސްކޮށް ޓީމްގެ ތެރޭގައި މައްސަލަތައް އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސެގާޓްބުނީ ރާއްޖޭގެ ބައެއް މީޑިޔާތަކުން ހަގީގަތާއި ހިލާފް ދޮގު ހަބަރުފަތުރާ، ޓީމްގެ ބައެއް ކުޅުންތެރިންނަށް ގުޅާ ޓީމްގެ ތެރޭގައި މައްސަލަ ޖެހޭފަދަ ވާހަކަ ދައްކަމުންދާކަމަށެވެ. އަދި ސެމީ ފައިނަލް މެޗްގެ ކުރިން ޓީމުން ކޯޗް ބޭރުކޮށް، ވަގުތީ ގޮތުން ޓީމްގެ ކޯޗަކކަށް، މިހާރު ޓީމްގެ އެސިސްޓަންޓް ކޯޗްއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ އަހުމަދު ޝާކިރު ހަމަޖެއްސުމަށް ބައެއް މީޑިޔާ ތަކުން ގޮވަމުންދާތީ ޤައުމީ ކޯޗް ސެގާޓްވަނީ އެކަންވަރަށް ބޮޑަށް ކުއްވެރިކޮށްފައެވެ.

ސެމީ ފައިނަލް މެޗާއި ރާއްޖޭގެ ޓީމް ކުރިމަތިލާއިރު، ބައެއް މީޑިޔާގައި މަސައްކަތްކުރާ ފަރާތްތަކުން ޤައުމާއި ޓީމަށްވުރެ ބޮޑަށް އަމިއްލަ ފައިދާ އިސްކުރާތީ ސެގާޓްވަނީ މިއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.

"ރާއްޖޭގެ ބައެއް މީޑިޔާތަކުން މިފަދަ ކަންތަށްތަށް ކުރުމަކީީ ވަރަށް ދެރރަކަމެއް. އެސިސްޓަންޓް ކޯޗްއަކަށް ހުރި ޝާކިރު ޓީމާ ހަވާލްވާނެކަމަށް ފެތުރި އަޑަކީ ވަރަށް ތާކުންތާކު ނުޖެހޭކަމެއް. ކުޅުންތެރިންނަށް ގުޅައިގެންވެސް މިކަންތަށްތަށް މިހާރުވަނީކޮށްފައި. މިއަދު ހެދުނު ފަރިތަކުރުންތަށް ފެށުމުގެ ކުރިން ކުޅުންތެރިން އަހަންނާ ވާހަދަކެއްކި، އަހަރެންވާނީ ކުޅުންތެެރިންނަށް ހުރިހާ ކަމެއް ސާފުކޮށްދީފައި. އަހަރެން ދެކެނީ ރާއްޖޭގެ މީހުން މިހާރު އެކަށްޗެއް ކިޔަންޖެހޭނެކަމަށް. ހުރިހާއެންމެ ތިބެންވާނީ ޓީމްގެ ފަހަތުގައިކަމަށް. ސިޔާސީގޮތުން ކަމެއް ހާސިލްކުރުމަށް މިފަދަ ވާހަކަދެއްކުމަކީ ވަރަށް ދެރަކަމެއް، މިކަމުން ޓީމަށްކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ."

ކޯޗު ބުންޏެވެ.

ގައުމީ ކޯޗް ސެގާޓްބުނީ ސެމީ ފައިނަލް މެޗަށް ރާއްޖޭގެ ޓީމް ނިކުންނައިރު، ރާއްޖެއަށް ނޭޕާލް ބަލިކޮށް ފައިނަލަށް ދިއުމުގެ ފުރުސަތު ހުޅިވިފައިވާއިރު، ދިވެހިރާއްޖޭގެ ހުރިހާ އެންމެވެސް އެއްބައިވާންޖެހޭ ކަމަށާއި ސިޔާސީގޮތުން ފިކުރު ތަފާތުވިއަސްް މިއީ ފުޓްބޯޅަ ޓީމަށްޓަކައި ހުރިހާ އެންމެ އެއްބައިވާންވީ ވވަގުތުކަމަށެވެ. އަދި ވަގުތީ ގޮތުން ކޯޗްކަން ހަވާލް ކުރުމަށް ބައެއް މީޑިޔާ ތަކުން ހަބަރު ފެތުރިނަމަވެސް، އެއީ ދޮގުކަމަށާއި އަދިވެސް ރާއްޖޭގެ ޓީމްގެ ކޯޗައަކީ ސެގާޓްކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ބުންޏެވެ.

"މުބާރާތެއް ކުރިއަށްދާއިރު، މިފަދަ ވާހަކަތައް ދެއްކުމުން ޓީމަށް އޭގެ އަސަރުކުރާނެ. އަހަރެން ބޭނުމެއްނޫން ކުޅުންތެރިން މިފަދަ ކަންތައްތަކާ ވިސްނާކަށް. ސެމީ ފައިނަލްއާއި ކުރިމަތިލާއިރު، ޓީމުތެރޭގައި ދިމާވާ ހުރިހާކަމެއްގެ ޒިންމާ ނަގަން އަހަރެއް މިހިރީ، ކޮންމެ ގޮތަކަށް ސެމީ ފައިނަލް މެޗްގައި ނަތީޖާ ނިކުތްނަމމަވެސް ހުރިހާ ޒިންމާއެއް ނަގާނީ އަހަރެން. ވަގުތީ ކޯޗްއަކަށް ޝާކިރު ހަމަޖައްސާނެކަމަށް ވާހަކަދައްކާއިރު، އަހަރެން ވަރަށް އިތުބާރު ކުރާ ކޯޗެއް ޝާކިރުއަކީ، އަހަރުން ދެމީހުންގެ ގުޅުންވެސް ވަރަށް ރަގަނޅު. މިފަދަ ވާހަކައަކުން އަދި ކޯޗިން ސސްޓާފުންގެ ގުޅުމަކަށް އެއްވެސް ބަދަލެއް ނާންނާނެ."

ކޯޗު ބުންޏެވެ.

2008ވަނަ އަހަރު ރާއްޖެ މިމުބާރާތުގެ ތަށި ހޯދިފަހުން ރާއްޖެއަށް ތަށި ހޯދިފައެއް ނުވެއެވެ.
ސެގާޓްބުނީ މިފަހަރު، ޒުވާން ކުޅުންތެރިންނާއެކު ރާއްޖެއަށް ސާފް ސުޒޒުކީ ކަޕްގެ ތަށި ހޯދުމުގެ ފުރުސަތު ހުޅުވިފައިވާއިރު، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ޓީމްގެ ފަހަތުގައި ތިބުމަށް ވަރަށް ބޮޑަށް އެދޭކަމަށެވެ.

ސާފް ސުޒުކީ ކަޕްގެ ސެމީ ފައިނަލް މެޗުގައި ރާއްޖެ މާދަމާ ހަވީރު ނިކުންނާނީ ނޭޕާލް އާއި ދެކޮޅަށެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ހަވީރު ތިނެއް ޖަހާއިރުއެވެ.
މިމެޗު ޕީ.އެސް.އެމްގެ ޔެސް ޓީ.ވީ އާއި ޓީ.ވީ.އެމުން ވަގުތުން ގެނަސްދޭނެއެވެ.