ޚަބަރު

ހަވަނަ ރީޖަނަލް އޭވިއޭޝަން ސެކިއުރިޓީ ފޯރަމް ފަށައިފި


އޭޝިއާ ޕެސިފިކް ޞަރަޙައްދުގެ ހަވަނަ ރީޖަނަލް އޭވިއޭޝަން ސެކިއުރިޓީ ކޯރޑިނޭޝަން ފޯރަމް(ރަސްކަފް)، އައްޑޫސިޓީ އިކުއޭޓަރ ވިލެޖުގައި މިއަދު ފަށައިފިއެވެ.

އަހަރަކު އެއްފަހަރު ބާއްވާ މި ފޯރަމަކީ، އިންޓަނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނައިޒޭޝަން (އައި.ކޭ.އޯ) އިން، މެމްބަރު ޤައުމުތަށް ހިމަނައިގެން އޭވިއޭޝަން ސެކިއުރިޓީ އެޤައުމު ތަކުގެ އޭވިއޭޝަން ސެކިއުރިޓީގެ ކަން ކުރިއަށް ގެންދާ ގޮތާއި އަދި ދިމާވާ މައްސަލަތަށް ޙައްލު ކުރުމަށް މަސައްކަތް ކުރާ ގޮތުގެ އިތުރުން، އެޤައުމުތަކުން ބޭނުން ކުރަމުން އަންނަ އާ ޓެކްނޮލޮޖީތައް މެމްބަރުގެ ޤައުމުތަކާއި ހިއްސާ ކޮށް ހުށައެޅުމުގެ ގޮތުން ބާއްވާ ފޯރަމެކެވެ.

މި ފަހަރު ރާއްޖޭގައި ބާއްވާ މި ފޯރަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން، އައި.ކޭ.އޯގެ އޭޝިއާ ޕެސިފިކް ޞަރަޙައްދުގެ ރީޖަނަލް ޑައިރެކްޓަރ އަރުން މިޝްރާ ވިދާޅުވީ، މިފަހަރު ފޯރަމުގައި އަ.ކޭ.އޯ އަދި މެމްބަރު ޤައުމުން ތަކުން އެކި ތަފާތު ކަން ކަން ހުށައަޅަން އެބަހުރި ކަމަށެވެ. އެގޮތުން އާއީޖާދު ތަކާއި ބޭހޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށާއި އަދި މިކަމުން ސަބަބުން މެންބަރު ޤައުމުތަކަަށް ވަރަށް ގިނަ ކަންކަން ދަސްވެގެން ދާނެ ކަމަށެވެ. އަދި މި ފޯރަމުގައި މަޝްވަރާ ކުރެވޭ ކަންތައްތަކާއި ، ހުށަހެޅުން ހިމެނޭގޮތައް ޢާންމުކުރާ ރިޕޯޓު 2 ހަފުތާ ތެރޭގައި މެމްބަރު ޤައުމުތަކާއިި ހިއްސާ ކުރާނެކަމަށް އަރުން މިޝްރާ ވިދާޅުވިއެވެ.

ރާއްޖެއިން މިފަދަ ފޯރަމު ތަކުގައި ބައިވެރި ވުމުން ރާއްޖޭގެ، ސިވިލް އެވިއޭޝަން ސެކިއުރިޓީ ބައްޓަން ކުރާނެ ގޮތްތަކާއި އަދި މި ދާއިރާގައި ބޭނުން ކުރާ ޓެކްނޮލޮޖީތައް އެނގި ކުރިއަށް އޮތްތާގައި ރާއްޖެއިން ޢަމަލު ކުރާނެ ގޮތް އެނގިގެންދާނެ ކަމަށް ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަނުން މަޢުލޫމާތު ދެއެވެ.
މިފޯރަމުގައި ތައްޔާރު ކުރާ ރިޕޯޓު ހުށައަޅަން ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހު ފީޖީގައި، ބޭއްވުމަށް ހަމަޖެހިފައިވާ އައި.ކޭ.އޯގެ ޑައިރެކްޓަރ ޖެނެރަލްސް އޮފް ސިވިލް އެވިއޭޝަން ކޮންފަރެންސަށެވެ.