މާލޭ ފެނުގެ ވައިއުގައިގެ މަރާމާތުގެ މަސައްކަތްތަކެއް ކުރަމުންދާތީ ބައެއް ސަރަޙައްދުތަކުން ފެނުގެ ޕްރެޝަރ ދަށްވެދާނެކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.
މިރޭ 23:00 އިން ފެށިގެން މެންދަމު 3:00 އަށް ކުރިއަށް ގެންދާ މަރާމާތުގެ މަސައްކަތެއްގެ ސަބަބުން ފެނުނުގެ ޕްރެޝަރ ދަށްވެދާނެކަމަށް އެމްޑަބްލިއުއެސްސީން މަޢުލޫމާތުދޭ ސަރަހައްދު ތަކަކީ އަމީނީ މަގާއި ރަތްވިލާހިނގުމުގައި ހިމެނޭ ބޮލޮކް ނަންބަރ 54 އާއި އަމީނީ މަގާއި ޖަނަވަރީހިނގުމުގައި ހިމެނޭ ބްލޮކް ނަންބަރ 55 ، އަދި އަމީނީ މަގާއި އިރުދޭމާ ހިނގުމުގައި ހިމެނޭ ބްލޮކް 55 އެވެ.
ކުރަމުންދާ މަރާމާތުގެ މަސައްކަތާގުޅިގެން ރޭގެ ވަގުތެއްގައީވެސް ވަނީ މާލޭގެ ބައެއް ސަރަހައަދު ތަކުން ފެނުގެ ޙިދުމަތް ކެނޑިފައެވެ. މިކަަން ޙައްލުކޮށް އަލުން ފެނުގެ ޚިދުމަތް ދީފައިވާއިރު، މިކަމުގެ ސަބަބުން ޢާންމުންނަށް ދިމާވެދާނެ ދަތިތަކަށް ކުންފުނީގެ ފަރާތުން މަޢާފަށް އެދޭކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.