ޚަބަރު

އައްޑޫގަ ހިނގި އެކްސިޑެންޓެއްގަ ކުޑަކުއްޖަކަށް އަނިޔާވެއްޖެ


އައްޑޫސިޓީ ހިތަދޫ ބޮޑުމަގުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.
މިއެކްސިޑެންޓު ހިނގައިފައި ވަނީ މިއަދު މެންދުރުފަހު ތިނެއްޖަހާ އެހައިކަށްހާއިރު "ސަރުސަނާ 3" ފިހާރަ ހިސާބުން ބޮޑުމަގުގައެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވެފައިވަނީ، ކާރު ގޯޅި އަޅަން އުޅުމުގެ ތެރޭގައި ސައިކަލެއްގައި ޖެހިފައެވެ.

މި އެކްސިޑެންޓާއި ގުޅިގެން ހޮސްޕިޓަލަށް 17 އަހަރުގެ ގެ ފިރިހެން ކުއްޖަކު ގެނެސްފައިވާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ. އަދި މިކުއްޖާގެ ކަނާއަތު ފައިގެ ފަލަމަސްގަނޑާ ދިމާލުން ކަށިގަނޑުގައި ރެނދެއްލާފައިވާކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
އަދި މިހާރު އެކުއްޖާ އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެފަރާތުން ބުނެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސައުތު ޑިވިޝަން ކޮމާންޑަރ އަޙްމަދު ސާމީ ވިދާޅުވީ، ސައިކަލު ދުއްވަން އިނީ އަށާރަ އަހަރު ނުފުރޭ ކުއްޖެއް ކަމަށެވެ. މި އެކްސިޑެންޓް ހިނގި ކާރު ދުއްވަން އިނީ 54 އަހަރުގެ ފިރިހެނެކެވެ. ނަމަވެސް އެކްސިޑެންޓުގައި އޭނާއަށް އަނިޔާވެފައެއް ނުވެއެވެ. އޭނާ އަތުގައި ލައިސަންސް އޮތް ކަމަށް ފުލުހުން ބުނެއެވެ.