ކުޅިވަރު

ޤައުމީ ފެތުމުގެ މުބާރާތް މިއަހަރު ވަރަށް ފޯރިގަދަ - އިސްމާއިލް


ސާޅީސް ދެވަނަ މަކީޓާ ޤައުމީ ފެތުން މުބާރާތުގައި މިހާތަނަށް 90އަށްވުރެ ގިނައިވެންޓު ނިމިފައިވާކަމަށް އެސޯސިއޭޝަންއިން ހާމަކޮށްފިއެވެ. 

މާލޭ ސުވިމިން ޓެރެކްގައި ކުރިޔައްދާ މުބާރާތުގެ ފަސް ކެޓަގަރީއަކުން ފެތުންތެރިން ވަނީ ބައިވެރިވެފައެވެ. މުބާރާތުގައި ކުރިޔަށްދަނީ ބާރައަހަރުން ދަށް، ސާދައަހަރުން ދަށް،ސާދައަހަރުން މަތި، މާސްޓަސް ކެޓަގަރީ އަދި ހާއްސައެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީ އިވެންޓުތަކެވެ. 

މުބާރާތާ ގުޅޭގޮތުން ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަދައްކަމުން ސުވިމިން އެސޯސިއޭޝަންގެ ޖެނެރަލް ސެކްޓަރީ އިސްމާއިލް ބުނީ މުބާރާތް ކުރިޔައްދަނީ ވަރަށް ފޯރިޔާއެކީގަ ކަމަށެވެ. އަދި މިފަހަރުގެ މުބާރާތުގައި ގިނަ ކުލަބަތަކަކުން ބައިވެރިވަފަވާތީ މުބާރާތުގެ ފޯރިއިތުރަށް ގަދަކަމަށާއި އެސޯސިއޭޝަން އިން މުބާރާތް އާއްމުކޮށް ހުޅުވާލިޔަސް މިމުބާރާތަކީ ކުލަބުތަކަށް ހާއްސަ މުބާރާތެއްކަމަށް. މުބާރާތުގައި މިހާތަނަށް ނުވަދިހައަށްވުރެ ގިނައިވެންޓު ނިމިފަވާކަމަށް އިސްމާއިލު ބުންޏެވެ

"އަޅުގަނޑުމެންގެ މިމުބާރާތް އަސްލު ހާއްސަކުރެވިފަވަނީ ކުލަބްތަކަށް.. އެހެންނަމަވެސް އޯޕަން އިވެންޓްތަކުގައި ވަކިވަކި ފެތުންތެރިންނަށް ބައިވެރިވޭނެ"

މިމަހު ނަވާރައިން ފަންސަވީހަށް ކުރިޔަށްދާ ޤައުމީ ފެތުން މުބާރާތުގައި އަންހެން ފަސް ޓީމާއި ފިރިހެން ހަ ޓީމާއެކު ޖުމްލަ އެގާރަ ޓީމު ބައިވެރިވެއެވެ. މުބާރާތުގައި ޖުމްލަ 140 ފެތުންތެރިން ސަތޭކަ 90 އިވެންޓެއްގަ ވާދަކުރެއެވެ.