ކުޅިވަރު

އަންނަ އަހަރު ހޭންޑްބޯޅަ އަތޮޅު މުބާރާތް ތަޢާރަފްކުރަނީ


ހޭންޑް ބޯޅަ އަތޮޅު މުބާރާތް އަންނަ އަހަރު ފަށާނެކަން އިއުލާންކޮށްފިއެވެ. 

ބާރަށް ކުރިއަރަމުން، އަތޮޅުތެރެއަށްވެސް ފުޅާކުރަމުން އަންނަ ކުޅިވަރުގެ އަތޮޅު މުބާރާތް ބާއްވަން ނިންމިކަން ހާމަކުރަން އެސޯސިއޭޝަންގެ އެކްސްކޯ މެމްބަރު މޫމިނާ އާދަމް ( މޫންޓީ ) ބުނީ އަތޮޅުތެރޭގައި އޮތްފޯރި ވަރަށް ގަދަކަމަށާއި، އަންނަ އަހަރު ރާއްޖޭގެ އަތޮޅުތަކަށް ހާއްސަކޮށްގެން ހޭންޑްބޯލް އަތޮޅު ޗެންޕިއަންޝިޕް ބާއްވަން ނިންނަމާފައިވާކަމަށެވެ. މޫންޓީ ބުނީ މިހާރު ކުރަމުންދަނީ ކުރިއައް ގެންދާނެގޮތަކާމެދު ޕްލޭންކުރުމުގެ މަސަކަތްކަމަށެވެ. އޭނާ ބުނީ އެސޯސިއޭޝަންގެ އެންމެ ބޮޑު އަމާޒަކީ ދެހާސް ވިހިވަނަ އަހަރު އަންނަންވާއިރަށް ހޭންޑްބޯލްއަކީ ރާއްޖޭގެ ދެނަންބަރަށް ހެދުންކަމަށެވެ.

" މިހާރު އެންމެ ބޮޑު މަސައްކަތެއް ކުރަމުން މިދަނީ އަންނަ އަހަރު އަތޮޅު ޗެންޕިއަންޝިޕް ތައާރަފް ކުރެވޭތޯ، މީގެއިތުރުން އިންޓަރ ސުކޫލް މުބާރާތާއި، ނެޝެނަލް ޗެންޕިއަންޝިޕްވެސް އަންނަ އަހަރު އޮންނާނެ" މޫންޓީ ބުންޏެވެ.

އަންނައަހަރު ބައިނަލްއަޤްވާމީ މުބާރާތެއްގައި ބައިވެރިވުމުގެ ފުރަސަތު ރާއްޖެއަށް މިހާރު ލިބިފަވާކަމަށްވެސް ހޭންޑްބޯލް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.