ކުޅިވަރު

ޓީސީ ކުރިއަށް، މިވަގުތު އެއްވަނާގައި


ހަތަރެއް ސުމަކުން ކުޑަހުވަދޫ ބަލިކޮށް، ލީގު ތާވަލްގެ އެއްވަނައަށް ޓީސީ ޖެހިލައިފިއެވެ. 

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ރޭ ކުޑަހުވަދޫއާ ދެކޮޅަށް ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ޓީސީން ލަނޑު ޖަހާ ލީޑް ނެގިއެވެ. ޓީސީއަށް ފުރަތަމަ ލަނޑު ޖަހައިދިނީ ޑީފެންޑަރ އަބްދުﷲ ހަނީފްއެވެ.  ޓީސީގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ނާއިޒް ހަސަންއެވެ. މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓީސީއަށް ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސުޓެވަޓް ކޯނޭލިއަސްއެވެ. މީއީ ޓީސީއަށް ކޯނޭލިއަސް މިސީޒަންގައި ޖަހައިދިން އަށާރަ ވަނަ ލަނޑެވެ. މެޗުގެ ދެވަނަ ހާފްގަ ޓީސީގެ ހަތަރުވަނަ ލަނޑު ޖެހީ އިބްރާހިމް މަހުދީއެވެ.

 މި މޮޅާއެކު  ޓީސީއަށް ތާވަލްގެ އެއްވަނަ ލިބެނީ ކުޅުނު ދިހަ މެޗުން 25 ޕޮއިންޓާއެކުއެވެ. ޓީސީއަށް ވުރެ އެއްމެޗު މަދުންކުޅެ ނިއު ދެވަނާގަ އޮތީ 24 ޕޮއިންޓާއެކުއެވެ. މިރޭ ނިއުރޭޑީއަންޓް ނިކުންނާނީ މާޅޮހާއި ދެކޮޅަށެވެ.