ކުޅިވަރު

ކުޑަހުވަދޫއާ ދެކޮޅަށް ނިކުންނައިރު ޓީސީ ރަނގަޅު ފޯމެއްގައި


ދިވެހި ޕްރިމިއަރ ލީގުގައި ބާކީ އޮތް ފަސް މެޗު ވަރަށް މުހިންމުކަމަށް ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުނެފިއެވެ. 

މެޗުގެ ކުރިން އެއްފޭއެމްގައި ނޫސްވެރިނަށް މައުލޫމާތު ދެމުން ޓީސީގެ ކޯޗު ނިޒާމް ބުނީ މެޗަށް ޓީސީ އޮތީ ވަރަށް ސީރިއަސްކޮށް ތައްޔާރުވެފަކަމަށެވެ. ލީގުގައި ޓީސީ ހޯދަމުންދާ ރަނގަޅު ނަތީޖާތަކުގެ އަސްލަކީ ކުޅުންތެރިން ކުރާމަސައްކަތްކަން ކޯޗު ނިޒާމް ފާހަގަކުރިއެވެ. ނިޒާމް ބުނީ ޓީމްގެ ކުޅުންތެރިން ތިބީ ރަނގަޅު ރޫހެއްގައިކަމަށެވެ.

" މީގަ ވަރަށް ބައިވަރު ކަންތައްތައް އެބަހުރި. ކުޅުންތެރިން ލާހިތްވަރު، ރަނގަޅު މޯޓިވޭޝަނެއްގަ ޓީމު އޮތުން އެއީ މުހިންމުކަމަކީ " ޗެމްޕިއަން މާޒިޔާ ބަލިކުރި ޓީމްގެ ކޯޗު ބުންޏެވެ.

ޓީސީގެ ކޯޗު ނިޒާމު ބުނީ ވިސްނުންހުރީ ތިން ޕޮއިންޓަށް ކަމަށާއި ކުޅުންތެރިންގެ މޯޓިވޭޝަން މަތި ވުމުން އޯވަރ ކޮންފިޑެންސް ނުވެވޭތޯ ވަރަށް މަސައްކަތްކުރާނެކަމަށެވެ. ލީގުގައި ޓީސީ ވަނީ އެންމެފަހުން ކުޅުނު މެޗުގައި އެންމެ ފަހުގެ ލީގު ޗެންޕިއަން މާޒިޔާ ބަލިކޮއްފައެވެ.

އުރީދޫ ދިވެހިޕްރިމިއަރ ލީގުގައި ޓީސީއާއި ކުޑަހުވަދޫ ވާދަކުރާނީ މިރެއެވެ.