ޚަބަރު

އިސްދޫގައި ސައިކަލެއް ކަހާލައިގެން ވެއްޓި ޒުވާނަކު މަރުވެއްޖެ


ލ. އިސްދޫގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓުމުގެ ސަބަބުން ޒުވާނަކު މަރުވެއްޖެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، 27 އަހަރުގެ މި މީހާ މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގައި ކަމަށެވެ.

އިސްދޫ ބޮޑު މަގުގައި ހިނގި މި ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 9:27 ހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ.