ޓެކްނޮލޮޖީ

އެސް8 އަދި އެސް8 ޕްލަސް މާބޮޑަށް ރަތްވަނީ..!


ސެމްސަންގް ކުންފުނީގެ އެންމެފަހުގެ ދެ ސްމާޓްފޯނު، ސެމްސަންގް އެސް 8 އަދި ސެމްސަންގް އެސް 8 ޕްލަސްގެ ސްކްރީން މާބޮޑަށް ރަތްވާ މައްސަލައެއް ކަސްޓަމަރުން ފާހަގަކުރަން ފަށައިފިއެވެ.

ދެކުނު ކޮރެޔާއާއި އެމެރިކާގައި އެސް 8 އަދި އެސް 8 ޕްލަސް ވިއްކަން ފަށާފައިވާއިރު، ބައެއް ކަސްޓަމަރުން ވަނީ އެމީހުންގެ ފޯނުގެ ސްކްރީން މާބޮޑަށް ރަތްވެފައި ހުރިކަމަށް ބުނެ މައްސަލަ ޖައްސަމުންނެވެ. ނަމަވެސް ސެމްސަންގުން ބުނެފައިވަނީ އެއީ ފޯނުގެ ސެޓިންގެ ތެރެއިން ރަނގަޅުކޮށްލެވޭނެ ކަމެއްކަމަށެވެ. ނަމަވެސް ގިނަ ފަރާތްތަކަކުން މިމައްސަލަ ޖައްސަމުންދާތީ، ސެމްސަންގުން ވަނީ އެކަމަށް ފިޔަވަޅެއް އަޅާނެކަމަށް ބުނެފައެވެ. 

img:http://s3.psmnews.mv/images/660x400/14931912954988.jpg|އެސް 8 ދެ ފޯނެއްގެ ތަފާތު ފެންނަ ފޮޓޯއެއް / ބައެއް ފޯނުތަކުގެ ސްކްރީންތައް މާބޮޑަށް ރަތްވާކަން ކަސްޓަމަރުން ދަނީ ފާހަގަކުރަމުން

ސެމްސަންގުން ނެރުނު ބަޔާނެއްގައި ބުނީ، ކަސްޓަމަރު ބޭނުންވާ ގޮތަށް ސްކްރީންގެ ކުލަ ހަމަޖެއްސޭފަދަ ސޮފްޓްވެއާއެއް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފޯނުތަކަށް ފޮނުވާނޭކަމަށެވެ. 

އެސް 8 އަދި އެސް 8 ޕްލަސް އަކީ ސެމްސަންގުން މިދިޔަ އަހަރު ނެރުނު ނޯޓް 7 ފޯނު ގޮވުމުގެ ހާދިސާތަކަށްފަހު ނެރުނު ފުރަތަމަ ސްމާޓް ފޯނެވެ.