ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އަތުން 4-2 ގެ ނަތީޖާއަކުން މެންޗެސްޓަރ ސިޓީ ބަލިވެއްޖެއެވެ.
މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި 60 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް އެ ޓީމު ނިކުތްއިރު ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގައި އެ ކްލަބަށް ކޯޗުކޮށްދީ އެތަކެއް ކާމިޔާބީތަކެއް ހޯދައިދީފައިވާ ޕެޕް ގަޑިއޯލާ ވަނީ މި މެޗު ބަލަން ދަނޑަށް ގޮސްފައެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ 15 މިނިޓުގެ ތެރޭގައި ޕީއެސްޖީން ވަނީ 2 ލަނޑު ޖަހައި ކުރި ހޯދާފައެވެ.
އެގޮތުން މެޗުގެ 13 ވަނަ މިނިޓުގައި ސިޓީގެ ގޯލު ޕީއެސްޖީއަށް ހުޅުވާލަދީފައިވަނީ ޑިޒަޔޭ ޑުއޭއެވެ. އަދި އޭގެ 2 މިނިޓު ފަހުން އޮސްމާން ޑެމްބެލޭ ވަނީ އިތުރު ލަނޑެއް ޖަހައި، ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.
ޕީއެސްޖީން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 32 ވަނަ މިނިޓުގައި ވިޓީނިއާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ދެވަނަ ހާފަށް ނިކުތްއިރު 3-0 ގެ ނަތީޖާއަކުން ސިޓީ ފަހަތުގައި އޮތުމުން ކޯޗު އެންޒޯ މަރެސްކާ ވަނީ އިންޓަވަލް ގަޑީގައި ޓީމަށް ތިން ބަދަލެއް ގެނެސްފައެވެ. އެގޮތުން ރުބެން ޑިއާސް އާއި ޖެރެމީ ޑޯކޫގެ އިތުރުން ރަޔާން ޗާކީގެ ބަދަލުގައި މެތިއުސް ނޫނޭޒާއި އިލިމަން އެންޑިޔާއޭގެ އިތުރުން ބުއާޑީ ކުޅެން އެރުވިއެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 8 ވަނަ މިނިޓުގައި ސިޓީގެ އާލިން ހާލަންޑްވަނީ ލަނޑެއް ޖަހާ އެ ޓީމުގެ އުންމީދުތައް އައު ކޮށްދީފައެވެ. އަދި އޭނާ ވަނީ މެޗުގެ 75 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށްފައެވެ.
މި މެޗުގައި ޕީއެސްޖީން ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ 62 ވަނަ މިނިޓުގައި މަގްނޭޒް އަކިއޫޝުއެވެ.