ޚަބަރު

މެލޭޝިއާ އެކްސިޑެންޓުގައި ނިޔާވި ދަރިވަރުގެ ޢާއިލާއަށް ރައީސްގެ ތަޢުޒިޔާ


  • އެކްސިޑެންޓްގައި ނިޔާވީ ދިވެހި އަންހެން ދަރިވަރެއް

  • އެކްސިޑެންޓް ހިނގީ މެލޭޝިއާގެ ކުއަލަލަންޕޫރުގައި

މެލޭޝިއާގައި ހިނގި އެކްސިޑެންޓްގައި ނިޔާވި ދިވެހި ދަރިވަރުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތަޢުޒިޔާ ފޮނުވައިފިއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެލޭޝިޔާގެ ކުއާލަ ލަމްޕޫރުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި ދިވެހި ޒުވާނެއް ކަމަށްވާ، އާމިނާ އިމީލީ ނާޒިމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާކަމަށެވެ.



މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ އިމީލީ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ރައީސް ވަނީ ދުއާކުރައްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުވީ މެލޭޝިއާގައި "ގްރެބް" ޓެކްސީގައި ދިޔަ ދިވެހި 2 އަންހެން ދަރިވަރުންނެވެ. ނިޔާވި އަންހެން ދަރިވަރުގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. އެކްސިޑެންޓުވި ކާރުގައި އިން ދެވަނަ މީހާގެ ހާލު ސީރިއަސް ނޫންކަމަށް މަޢުލޫމާތު ލިބެއެވެ.