ކުޅިވަރު

ފޭކް ކޮވިޑް ސެޓްފިކެޓް މައްސަލާގައި ޒާކާ ގައުމީ ޓީމާ ދުރަށް


ކޮވިޑ19ގެ ވެކްސިން ފުރިހަމަ ނުކޮށް ވަގު ސެޓްފިކެޓެއް ހޯދި މައްސަލާގައި ސްވިޒަލޭންޑްގެ ކެޕްޓަން ގްރަނިތް ޒާކާ ގައުމީ ޓީމަށް ދުރަށް ދާން ޖެހިއްޖެ އެވެ.

މި މައްސަލަ ފެންމަތިވީ ވެކްސިން ނުޖަހައި އެކަން ކުރި ކަމަށް ދައްކަން ޒާކާ ޑޮކްޓަރެއްގެ އަތުން ސެޓްފިކްޓެ ގަތް ކަމަށް ސްވިޒަލޭންޑްގެ މީޑިޔާތަކުން ބުނަން ފެށުމުންނެވެ. އަދި މި މަހުގެ ކުރީކޮޅު މީޑިޔާތަކުން ވަނީ ޒަކާ އަށް ކޮވިޑް ސެޓްފިކްޓް ވިއްކި ޑޮކްޓަރުގެ ނަން ވެސް އާއްމު ކޮށްފަ އެވެ. މިހާ ހިސާބަށް ދިއުމުން މި މައްސަލަ އެ ގައުމުގެ ޕްރޮސެކިއުޓަރުން ވަނީ ބަލަން ފަށައިފަ އެވެ.

މައްސަލަ ފެންމަތިވުމުން މިކަމަށް އެންމެ ފުރަތަމަ އިއުތިރާފުވީ ވެސް އިތުބާރު މިޑްފީލްޑަރެވެ. އަދި ގައުމީ ޓީމާ މިވަގުތަށް ދުރުގައި ހުންނަން ނިންމީ އޭނާ އާއި ސްވިޒަލޭންޑްގެ ފުޓްބޯޅަ ފެޑަރޭޝަނާ ދެމެދު ކުރެވުނު މަޝްވަރާ ތަކަށް ފަހު އެވެ.

ގައުމީ ޓީމުގެ ކޭމްޕާ ވަކިވުމަށްފަހު އުމުރުން 33 އަހަރުގެ ޒާކާ ބުނީ ވަގު ސެޓްފިކެޓްގެ މައްސަލާގައި ކަމާބެހޭ އެންމެހާ ފަރާތްތަކަށް އޭނާ އެއްބާރުލުން ދެމުންދާ ކަމަށެވެ.

"މިއަދު އަހަރެން ވަރަށް ސާފުކޮށް މި ބުނަނީ މިކަން ހިނގައިދިޔައީ އެންމެ ރަނގަޅަށް ނޫނޭ. މިއީ ހެނދުނު ގޯހެއް. އަހަރެންނަށް ވަރަށް ބޮޑަށް މައާފް ކުރޭ،" ޒާކާ ބުންޏެވެ.

ސްވިޒަލޭންޑްގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ މީޑިޔާތަކުން މި މައްސަލަ ފެންމަތި ކުރުމުން ގައުމީ ޓީމާ ވަކިވާން ބޭނުން ކަމަށްވުނެ މައްސަލަ އެ މީހުންގެ ސަމާލުކަމަށް ގެނައީ ވެސް ޒާކާ ކަމަށެވެ.

"އަހަރުމެން މަރުހަބާ ކިޔަން ޒާކާ މި ނެގި ޑިސިޝަނަށް. އަދި މި ވަގުތު އަހަރުމެން ދެ ބައި މީހުންނަށް ވެސް ވިސްނުނީ އެންމެ ރަނގަޅު ގޮތަކީ މިވަގުތު ޒާކާ ގައުމީ ޓީމާ ދުރުގައި ހުރުން ކަމަށް މިމައްސަލަ ނިމެންދެން،" ސްވިޒަލޭންޑް އެފްއޭއިން ބުންޏެވެ.

ސްވިޒަލޭންޑް މިވަގުތު ތައްޔާރުވަމުންދަނީ ތުރުކިޔޭ އާއި އުތުރު މެސެޑޯނިއާއާ އާއި ސްކޮޓްލޭންޑާއި އާއި ސްލޮވީނިއާއާ ދެކޮޅަށް ކުޅުމަށެވެ.