ޚަބަރު

ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި


  • އައްޔަންކުރައްވާފައިވަނީ ބުޝްރީ މުޙައްމަދު އަދި ނާޞިޙް އިބްރާހިމް

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އައްޔަންކުރައްވައިފިއެވެ.

ޕީސީބީން ހާމަކުރައްވާފައިވާ ގޮތުގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ބޯޑަށް އަލަށް އައްޔަންކުރައްވާފައިވަނީ:

ގއ. ވިލިނގިލި، ވިޜަން، އަލްފާޟިލް ބުޝްރީ މުޙައްމަދު
ގއ. ނިލަންދޫ، ވައިލެޓްވިލާ، އަލްފާޟިލް ނާޞިޙް އިބްރާހިމް

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން މަތިކޮށްފައިވާ ޒިންމާތަކުގެ ތެރެއިން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ލިބިދީފައިވަނީ ޕީސީބީއަށެވެ.

މި ބަދަލާއެކު މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ހިންގުން އިތުރަށް ހަރުދަނާވެ، ކުންފުނީގެ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ނަތީޖާ ނެރެދެވޭނެ ފަދަ ގޮތަކަށް ބޯޑުތައް އެކުލަވާލަމުންނެވެ.