އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ އެންމެދު އިމާރާތްތަކުގެ ސަލަމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް އެޗްޑީސީން ފަށައިފިއެވެ.
އެޗްޑީސީގެ ބެލުމުގެދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމުގެގޮތުން އެ އިމާރާތްތަކުގައި ކުޑަދޮރުތަކައި ބެލްކަނި ރެއިލިންފަދަ ތަންތަން ހުރީ ޤަވާއިދާ އެއްގޮތަށްތޯ ބަލައި، އެފަދަ ތަންތަން ގަވާއިދަށް ފެއްތުމަށް ނުވަތަ މަރާމަތުކުރުމަށް އާއްމު ރައްޔިތުންނަށް ބޭނުންވާ އެހިތެރިކަން އެޗްޑީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ދިނުމަށް ވަނީ ނިންމާފައެވެ.
އެފަދަ އެއްމެދު އިމާރާތްތަކުގައި ހިމެނޭ އެޕަރޓްމަންޓްތަކުގެ ކުޑަދޮރުތަކާއި ބެލްކަނި، ރެއިލިންގ ފަދަ ތަންތަން މަރާމާތުކުރުމަށް އެހިތެރިކަން ބޭނުންވާ ފަރާތްތަކުން މިމަހުގެ ނިޔަލަށް އެޗްޑީސީއަށް އެކަށް ހުށައެޅުމަށް ވަނީ އަންގާފައެވެ.
އެގޮތުން ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހު، 12:00ގެ ކުރިން އެންގުމަށް ވަނީ އެދިފައެވެ. މިކަމަށް އެދޭ ގޫގުލް ފޯމުގެ ލިންކް އެޗްޑީސީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން ލިބޭނެއެވެ.
އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާގުޅޭ.
— Housing Development Corporation (@hdcmaldives) September 3, 2026
އިތުރު މައުލޫމާތު: https://t.co/lv0JZwS1Kv#WithHDC#SeatoSilverShores#HDC25 pic.twitter.com/cSPbq9sN9i
މަރާމާތުކުރުމަށް އެދި އެޗްޑީސީއަށް ލިބޭ ހުށައެޅުންތަކާ ގުޅިގެން، ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، އެފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
މިއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އާއިލާތަކުގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅެއްގެ ގޮތުން ދިނުމަށް ނިންމާފައިވާ އެހީއެކެވެ. އަދި މިފަދަ ތަންތަނުގައި ހުންނަ މައްސަލަތުގެ ސަބަބުން ދިމާވާ ނުރައްކާތެރި ޙާދިސާތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެކެވެ.