ގޭސް ލީކުވުމުގެ ހާދިސާއެއްގައި 51 އަހަރުގެ އަންހެނަކު މަރުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާގައި މަރުވެފައިވަނީ 51 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. އަންހެން މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. ނިޔާވެފައި ވަނީ ދަފްތަރު ނަންބަރު ރސ 6210 / މާލެ، ޒާހިދާ ތައުފީޤު (51އ) އެވެ. ހާލުދެރަވެފައިވާ ދެ މީހުންގެތެރެއިން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެފަވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
ހާދިސާގައި ހާލުދެރަވި 19 އަހަރުގެ އަންހެނަކުވެސް ވަނީ ފަރުވާއަށް ގެންގިސްފައެވެ. އެ މީހާއަށް ފަރުވާދެމުންދަނީ އޭޑީކޭގައެވެ.
މި ހާދިސާ ހިނގާފައިވަނީ ސުކޫޕް ގޯޅީގައި ހުންނަ ގެއެއްގައިކަމަށް މަޢުލޫމާތުލިބިފައިވެއެވެ. ހާދިސާ ހިނގަން މެދުވެރި ސަބަބު ދެނެގަތުމުގެ މަސައްކަތް ކަމާގުޅޭ ފަރާތްތަކުން ދަނީ ކުރަމުުންނެވެ. މާލެ، މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ދެ މީހަކު ހާލުދެރަވެފައި އޮތްކަމުގެ ރިޕޯޓްކުރީ މިއަދު ހެނދުނު 10:34 އެހައިކަންހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ.