ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ބިދޭސީން ބަލައި ފާސްކުރުމަށް ހިންގި "މައިގްރޭޝަން މޮނިޓަރިންގ އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް" ތެރެއިން 53 ބިދޭސީއަކު ބަލައި ފާސްކޮށްފިއެވެ. ފާސްކޮށްފައިވެއެވެ.
މިއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ. މިއޮޕަރޭޝަންގެ ތެރެއިންވަނީ ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިއީ އާންމު ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ޤަވާއިދާ ޚިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ އޮޕަރޭޝަންތަކެކެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ދަނީ، ވަށައިޖެހޭ ހައްލަކާއި ދިމާލަށް މަސައްކަތް ކުރަމުންނެވެ. އޭގެތެރެއިން މިހާތަނަށް 294000 ބިދޭސީންގެ މަޢުލޫމާތު އެއްކުރެވިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިންވަނީ ހާމަކުރައްވާފައެވެ. އަދި ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅުނު 12 ހާހަށްވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުންވެސްވަނީ ވިދާޅުވެފައެވެ.