ޚަބަރު

ވިލިމާލޭގެ ޑިންގީ ޖެޓީ ތަރައްޤީކުރުން އެމްޓީސީސީއަށް


  • ޑިންގީ ޖެޓީގެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ

  • 180 ދުވަހުގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތްކޮށް ނިންމަންޖެހޭ

ކ. ވިލިނގިލީގައި ޑިންގީ ޖެޓީއެއް ތަރައްޤީ ކުރުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.

ވިލިނގިލީ ޑިންގީ ޖެޓީ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުނ،ް 3,698 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއ،ި 3 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 74 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމަށް ހަމަޖެހިފައިވެއެވެ. އަދި 24 މީޓަރުގެ ބޭރުތޮށްޓެއް ލުމާއި، 74 މީޓަރު ދިގު މީޓަރު ފުޅާ ބްރިޖެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއަކީ، 14.91 މިލިއަން ރުފިޔާ ޚަރަދުވާ މަޝްރޫއަކަށް ވާއިރު، މި މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

މީގެ އިތުރުން ވިލިނގިލީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުނ،ް 1.09 ހެކްޓަރުގެ ބިން ހިއްކުމާއ،ި 150 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއ،ި 181 މީޓަރުގެ ބޭރު ތޮށިލުމަށް ހަމަޖެހިފައިވެއެވެ. 45.66 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 180 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

ވިލިނގިލީ ގޮނޑުދޮށް ހިމާޔަތް ކުރެވުމާއެކު ރަށްގިރުމުގެ ނުރައްކަލަށް ބޮޑު ހައްލެއް ލިބ،ި ހިމާޔަތްކޮށްފައިވާ ގޮނޑުދޮށެއް މި ރަށު ރައްޔިތުންނަށް ލިބޭނެއެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ވިލިނގިލީ ޑިންގީ ޖެޓީ ހަދައި ނިމުމާއެކު ރަށަށް އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ދިމާވަމުން އަންނަ ދަތިތަކަށްވެސް ހައްލު ލިބޭނެކަން އެމްޓީސީސީން ފާހަގަކުރެއެވެ.