ކުޅިވަރު

ސެމީ ފައިނަލްގެ ކުރިން ސްޕޭނުގެ ބޮޑު ވަޒީރުގެ ހަމަލާއެއް ފްރާންސަށް


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ ފްރާންސާއި ސްޕޭން ބައްދަލު ކުރާ މެޗުގެ ކުރިން ސްޕޭނުގެ ބޮޑުވަޒީރު މަރިއާނޯ ފްރާންސަށް ބަހުގެ ހަމަލާއެއް ދީފި އެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން އޭނާ ވިދާޅުވީ ފްރާންސަކީ މޮޅު ޓީމެއް ކަމަށާއި ނަމަވެސް ޓީމުގައި ފްރާންސް މީހަކު ނެތް ކަމަށެވެ. އޭނާ އިޝާރާތް ކުރީ ފްރާންސްގެ ވަކިވަކި ކުޅުންތެރިން އެހެން ގައުމުތަކަށް ވިހާފައިވާތީވެ އެކަމަށެވެ. ނަމަވެސް އޭނާ މިހެން ވިދާޅުވުމާއެކު ސްޕޭނުގެ އެންމެ މޮޅު ކުޅުންތެރިޔާ ލަމީން ޔަމާލަކީ ކޮންތާކުން އައިސްގެން އުޅޭ މީހަކުތޯ މީޑިޔާތަކުން ވަނީ ސުވާލު ކުރަން ފަށައިފަ އެވެ. ޔަމާލަކީ ބައްޕަ އަކީ މޮރޮކޯ މީހެކެވެ. މަންމަ އަކީ އީކުއޭޓޯރިއަލް ގިނީގެ މީހެކެވެ.

މިހެންވެ މެޗުގެ ކުރިން ބޮޑުވަޒީރުގެ ވާހަކަތަކަށް ފިނިކޮށްދިނީ ވެސް ޔަމާލެވެ.

"ފްރާންސާއި ސްޕޭނަކީ މިއަދުގެ ދުނިޔޭގައި އެއްބަޔަކު އަނެއް ބަޔަކު ގުޅިފައިވާކަން ދައްކުވައިދޭ މިސާލެއް،" ޔަމާލް ބުންޏެވެ.

މި މެޗަށް ޔަމާލް ނުކުންނަނީ އޭނާގެ 19 ވަނަ އުފަންދުވަހާ ވެސް ދިމާކޮށެވެ. މިހާތަނަށް ވޯލްޑް ކަޕުގައި އެންމެ ގޯލެއް ޖެހިފައިވުމުން އެކަމާ ހާސްނުވާ ކަމަށާއި އަދި މިއީ ކެރިއަރުގެ އެންމެ މުހިންމު މެޗުތަކަށް އޭނާ ބުނީ އުފަންދުވަސް ފާހަގަ ކުރުމަށް ލިބުނު ހަދިޔާތަކުގެ ތެރެއިން ލިބުނު އަގުހުރި ފަށެއް ކަރުގައި އަޅައިގެން އިނދެ އެވެ.

"އަހަރެން ދެކުނިން ސްޕޭން (ކުރީގެ މުބާރާތްތަކުގައި) ވޯލްޑް ކަޕުން ކެޓި މަންޒަރު ވެސް. އެކަމަކު އަހަރުމެން އަދި މިހާތަނަށް ނުކަޓާ. މިއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. މި މެޗަކީ އަހަރެންގެ ހަޔާތުގެ އެންމެ މުހިންމު މެޗު. އަހަރުމެން މި މެޗު ކާމިޔާބު ކުރަން މަސައްކަތް ކުރާނަން،" ޔަމާލް ބުންޏެވެ.

ކޯޗު ލުއިސް ޑެލަފުއެންޓޭ ވެސް ބުނީ މުބާރާތުގައި މިހާތަނަށް ޔަމާލަށް އޭނާގެ އެންމެ މޮޅު ކުޅުން ނުދެއްކުނު ނަމަވެސް މި މެޗު ތަފާތުވެދާނެ ކަމަށެވެ.