ޚަބަރު

ދިރާގު 2ވަނަ ސްޕީޑް ބޯޓުގެ ނަސީބުވެރިޔާ ހޮވައިފި


  • މިއީ 1.1 މިލިޔަން ރުފިޔާގެ އަގުހުރި ބޯޓެއް

  • މިސްޕީޑްބޯޓަކީ އެކި ކަންކަމަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ބޯޓެއް

ދިރާގު 2 ވަނަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ހޮވައިފިއެވެ. މި ސްޕީޑް ބޯޓުގެ ނަސީބުވެރިޔާ ހޮވުމަށް ވަނީ، ޚާއްސަ ހަފްލާއެއް ބާއްވާފައެވެ.

ދިރާގުގެ "ވިން އަ ސްޕީޑް ބޯޓު ޕްރޮމޯޝަން"ގެ ފުރަތަމަ ނަސީބުވެރިޔާ ހޮވާފައިވަނީ، މިއަހަރުގެ ޖަނަވަރީ މަހުއެވެ. އަދި މިހާރު ވަނީ، 2 ވަނަ ނަސީބުވެރިޔާ ހޮވާފައެވެ.

ދިރާގުން ބުނީ، މި ޕްރޮމޯޝަން ކުރިއަށް ދިޔައިރު މިނިވަން އޮޑިޓް ފާމެއް ކަމަށްވާ ނެކްސިއާ މޯލްޑިވްސްއިން ވަރަށް ގާތުން ބަލާފައިވާ ކަމަށެވެ.

ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މުޙައްމަދު މިރްޝާން ޙަސަން ވިދާޅުވީ، ދިރާގުގެ މަޤްސަދަކީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ކަސްޓަމަރުންގެ ދިރިއުޅުން ފަސޭހަކުރުން އެކަނި ނޫން ކަމަށެވެ. މީގެއިތުރުން ކަސްޓަމަރުންނާއި ގުޅޭ މުހިންމު ޕްރޮމޯޝަންތައް ގެނެސްދިނުމަކީވެސް އެ ކުންފުނީގެ އަމާޒެއް ކަމަށެވެ.

"ދިރާގުގެ ހުރިހައި ކަސްޓަމަރުންނަށްވެސް ދޭ އިތުބާރަށް ޝުކުރު އަދާކުރަން. ރަނގަޅު ފެންވަރުގެ ޕްރޮމޯޝަންތައްވެސް ގެނެސްދޭނަން. މިހާރު މި ގެނެސްދޭ ޕްރޮމޯޝަންތަކަކީވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ ޕްރޮމޯޝަންތަކެއް. ކަސްޓަމަރުންގެ ދިރިއުޅުމަށް މީގެ ސަބަބުން ފުރިހަމަ ބަދަލެއް ގެނެސްދެވޭނެ ކަމަށް އުންމީދުކުރަނީ." މިރުޝާން ވިދާޅުވިއެވެ.

ދިރާގުން ދީފައިވަނީ، އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑު ބޯޓުތަކެކެވެ. މިއީ، އެކި ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ސްޕީޑް ބޯޓުތަކެކެވެ. މި ސްޕީޑްބޯޓު ދީފައިވަނީ ޔަމަހާ 250 ހޯސްޕަވަރ އިންޖީނަކާއެކުއެވެ. މިއިން ކޮންމެ ބޯޓަކީ 1.1 މިލިޔަން ރުފިޔާގެ އަގުހުރި ބޯޓެއް ކަމަށް ދިރާގުން ބުނެއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ދިރާގުން ކުރިއަށް ގެންދިޔަ "ވިން އަ ޓެސްލާ" އަދި "ވިން އަ ސްޕީޑްބޯޓު" ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށްވެސް ދިރާގުން ބުނެއެވެ.