ޚަބަރު

ވީއައިއޭއަށް އައި ފަސިންޖަރުންގެ ޢަދަދު މިލިޔަނަކަށްވުރެ އިތުރު


  • މިއީ ރާއްޖެ އައި ފަސިންޖަރުންގެ %97.3

  • ދެވަނައަށް އެންމެ ގިނަ ފަސިންޖަރުން އައީ ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު މެދުވެރިކޮށް ރާއްޖެއައި ފަސިންޖަރުންގެ އަދަދު 1 މިލިޔަނަށްވުރެ އިތުރުވެއްޖެއެވެ. މިއީ، އަހަރުގެ މިހާތަނަށް ރާއްޖެއައި މީހުންގެ %97.3 އެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 1،028،549 މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެތެރެއިން އެންމެ ގިނަ މީހުން އައިސްފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށެވެ.

ވަކިވަކި އެއަރޕޯޓުތަކަށް އައި މީހުންގެ އަދަދު:

* ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް: 1،00،134 ފަސިންޖަރުން
* ގަން އިންޓަނޭޝަނަލް އެއަރޕޯޓް: 4،057 ފަސިންޖަރުން
* މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް: 3،525 ފަސިންޖަރުން
* ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް: 2،304 ފަސިންޖަރުން
* ވިލާ އިންޓަނޭޝަނަލް (މާމިގިނލި): 1،858 ފަސިންޖަރުން
* ދާލު އެއަރޕޯޓް: 825 ފަސިންޖަރުން

އެވްރެޖުކޮށް މިހާރު ރާއްޖެއަށް 5،980 ފަތުރުވެރިން އާދެއެވެ. އޭގެތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.

އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުތަކަށް ބަލާލާއިރު:

* ޗައިނާ: 160،811 ފަތުރުވެރިން
* ރަޝިއާ: 143،161 ފަތުރުވެރިން
* އިނގިރޭސިވިލާތް: 84،545 ފަތުރުވެރިން
* އިޓަލީވިލާތް: 72،561 ފަތުރުވެރިން
* ޖަރުމަނުވިލާތް: 65،504 ފަތުރުވެރިން

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރިސޯޓުތަކުގައި 721،2060 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. ގެސްޓްހައުސްތަކުގައި 237،168 ފަތުރުވެރިން، ހޮޓެލްތަކުގައި 24،816 ފަތުރުވެރިން އަދި ސަފާރީ އުޅަނދުތަކުގައި 20،922 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.